logo
Bank of Maldives

Bank of Maldives

ޚަބަރު

އާމްދަނީ އިތުވެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެސްޓީއޯއަށް 4.1 ބިލިއަން ރުފިޔާ!

ޒިދާން މުޙައްމަދު
30 ޖެނުއަރީ 2026 - 10:37
އާމްދަނީ އިތުވެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެސްޓީއޯއަށް 4.1 ބިލިއަން ރުފިޔާ!

އާމްދަނީ އިތުވެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެސްޓީއޯއަށް 4.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

އެސްޓީއޯގެ 2025 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރގެ ހިސާބުތައް ވަނީ 30 ޖަނަވަރީ 2026 ވަނަ ދުވަހު އެ ކުންފުނީގެ ވެބްސައިޓްގައި ޝާއިޢުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެސްޓީއޯގެ 2025 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 4.1 ބިލިއަން ރުފިޔާ ލިބިފައެވެ.  މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި އިރު 8 އިންސައްތައިގެ އިތުރުވުމެކެވެ.

ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނީގެ ހުރިހާ ދާއިރާތަކުގެ ވިޔަފާރި ރަނގަޅުވެފައިވުމެވެ. އެގޮތުން، ތެލުގެ އާމްދަނީ 4 އިންސައްތައިން އިތުރުވެފައިވާއިރު އެހެނިހެން އާމްދަނީ ވަނީ 19 އިންސައްތައިން އިތުރުވެފައެވެ. ޖުމްލަ އާމްދަނީ އިތުރުވުމާއެކު ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 671 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި އިރު 11 އިންސައްތައިގެ އިތުރުވުމެކެވެ.

ހިންގުމުގެ ފައިދާ އޭގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި 11 އިންސައްތައިން އިތުރުވެ، 322 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ފައިނޭންސް ކުރުމުގެ ހަރަދު ކުޑަކުރެވުމާއެކު ޓެކްސްއަށް ކެނޑުމުގެ ކުރިން ވަނީ ސާފު ފައިދާގެ ގޮތުގައި 276 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި އިރު 20 އިންސައްތައިގެ އިތުރުވުމެކެވެ. ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރގެ ސާފު ފައިދާގެ ގޮތުގައި ވަނީ 244 މިލިއަން ރުފިޔާ ލިބިފައެވެ.

2025 ވަނަ އަހަރު ކުންފުނީގެ ވިޔަފާރި ރަނގަޅު ވުމާއެކު ޖުމްލަ އާމްދަނީގެ ގޮތުގައިވަނީ 15.5 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ އަހަރާ އަޅާ ބަލައި އިރު 98 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އާމްދަނީ އިތުރުވުމާއެކު ކުންފުނީގެ ފައިދާ އިތުރުވެ ޓެކްސްއަށް ކެނޑުމުގެ ކުރިން މި އަހަރު ވަނީ 910 މިލިއަން ރުފިޔާ ލިބިފައެވެ. ޓެކުހަށް ކެނޑުމަށްފަހު، މި އަހަރުގެ ސާފު ފައިދާގެ ގޮތުގައި ވަނީ 762 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ، އޭގެ ކުރީ އަހަރާ އަޅާ ބަލައި 3 އިންސައްތައިގެ އިތުރުވުމެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިތުބާރާއި ފެންވަރުގައި ހިޓާޗީ: ދިވެހިންގެ މެދުގައި އެންމެ މަގުބޫލު ބްރޭންޑުގެ ގޮތުގައި 25 އަހަރުރިޕޯޓް | 3 ދުވަސް ކުރިންމޯލްޑިވްސް ގޭސް އިން ގޭސް ވިއްކާ އަދަދު ލިމިޓްކޮށްފިވިޔަފާރި | 6 ދުވަސް ކުރިންފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށް، އެސްޓީއޯ އިން ރައްޔިތުންގެ ޖީބަށް ލުއިކަން ގެނެސްދީފިވިޔަފާރި | 24 ދުވަސް ކުރިންބާޒާރުގައި އޮރެންޖުގެ އަގު އަތްނުފޯރިނަމަވެސް އެސްޓީއޯ ތަފާތު!ޚަބަރު | 25 ދުވަސް ކުރިން