logo
MPL

MPL

ވިޔަފާރި

މޯލްޑިވްސް ގޭސް އިން ގޭސް ވިއްކާ އަދަދު ލިމިޓްކޮށްފި

މުޙައްމަދު އަފްރާޙް
15 މާރިޗު 2026 - 06:51
މޯލްޑިވްސް ގޭސް އިން ގޭސް ވިއްކާ އަދަދު ލިމިޓްކޮށްފި

މޯލްޑިވް ގޭސްއިން އާންމުކޮށް ގޭސް ވިއްކާ މިންވަރު ކޮންޓްރޯލް ކޮށްގެން ގޭސް ވިއްކަން ފަށައިފިއެވެ.

ރާއްޖެއަށް ގޭސް އެތެރެކޮށް އާންމުންނަށް ފޯރުކޮށްދޭ ސަރުކާރުގެ މައި ކުންފުނިން އަނެއްކާވެސް މި ބަދަލު ގެނެސްފައި މިވަނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭސް ލިބުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބަދަލާއެކު، ކުރިން އާންމުކޮށް ވިއްކަމުން އައި 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި، މިހާރު ވިއްކަމުން ދަނީ ފަސް ކިލޯގެ ގޭހެވެ.

މޯލްޑިވް ގޭސްގެ އޮފިޝަލަކު ވިދާޅުވީ މިހާރު ލިބެން ހުރީ ފަސް ކިލޯގެ ގޭސް އަޅާފައިވާ ފުޅިއެއް 100 ރުފިޔާއަށް ކަމަށާއި މިއީ ގޭހުގެ ޝޯޓޭޖެއް އުޅޭތީ މިވަގުތު ލިބެން ހުރި ވަރު ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ގޭހުގެ ސަޕްލައިއަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ގޭސް އެތެރެކުރާ މޯލްޑިވް ގޭސްއާއި ވިލާ ގޭސްއިން މީގެ ކުރިން ވެސް މިފަދަ ގޮތަކަށް ކޮންޓްރޯލް ކޮށްގެން ގޭސް ވިއްކާފައިވެއެވެ.

މޯލްޑިވް ގޭސްއިން ގޭސް ވިއްކާ މިންވަރު ލިމިޓް ކޮށްފައި މިވަނީ، ރާއްޖެއަށް ބޭނުންވާ ތެލާއި ކާޑުގެ ބާވަތްތަކާއި އެހެނިހެން އަސާސީ ތަކެތި ލިބުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާއި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ދާދި ފަހުން ދެއްވާފައި ވަނިކޮށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާޒާރަށް ބޭނުންވާ ވަރަށް ބިސް އެބަހުރި، ކުކުޅު ބިސް ލިބުމުގައި ދަތިކަމެއް ނެތްޚަބަރު | 2 މަސް ކުރިންއެސްޓީއޯގެ ފައިދާ 280 މިލިޔަނަށްޚަބަރު | 3 މަސް ކުރިންމިއަދުން ފެށިގެން ތިން ދުވަހަށް އެސްޓީއޯގެ ބޭސް ފިހާރަތައް ބަންދުވާނެޚަބަރު | 4 މަސް ކުރިންއެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި، މިއީ ފަހުގެ ތާރީޚެއްގައި ހިއްސާއަކަށް ޖެހުނު އެންމެ ބޮޑު އަދަދުޚަބަރު | 5 މަސް ކުރިން