logo
Bank of Maldives

Bank of Maldives

ޚަބަރު

އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން މަޢުލޫމާތު ހޯދާތީ ސަމާލުވާން އެދިއްޖެ

އައިޝަތު ނަޝާ
24 ޖެނުއަރީ 2026 - 13:28
އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން މަޢުލޫމާތު ހޯދާތީ ސަމާލުވާން އެދިއްޖެ

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން އާންމުންގެ މައުލޫމާތު ހޯދާތީ ސަމާލުވުމަށް ޢިލްތިމާސްކޮށްފިއެވެ.

އެ ކުންފުނީގެ ނަމުގައި ވައިބަރ، އެސްއެމްއެސް އަދި އާދައިގެ ފޯނު ކޯލުތައް މެދުވެރިކޮށް ގުޅަމުންދާ ކަމަށާއި،މި ފޯނު ކޯލުތަކާއި މެސެޖުތަކުގެ ޒަރީއާއިން އާންމުންގެ މަޢުލޫމާތު ހޯދަމުންދާ ކަމަށް އެޗްޑީސީން ކުރި ޕޯސްޓެއްގައި ވަނީ ބުނެފައެވެ.

 

Ad by Hajj Corporation

Ad by Hajj Corporation



އެޗްޑީސީން ބުނެފައިވަނީ، ހައުސިންގ މަޝްރޫޢުތަކާއި ސޯޝަލް ހައުސިންގ ނުވަތަ ފްލެޓްތަކާ ގުޅޭ އެއްވެސް މުއާމަލާތެއް ކުރުމަށް އެ ކުންފުނިން ވައިބަރ ނުވަތަ އާދައިގެ ފޯނު ކޯލު މެދުވެރިކޮށް އާންމުންނަށް ނުގުޅާނެ ކަމުގެ ޔަޤީންކަން ދޭ ކަމަށާއި، އެހެންކަމުން އެފަދަ ފޯނު ކޯލުތަކަށް ސަމާލުވުމަށް އެ ކުންފުނިން ވަނީ ޢިލްތިމާސްކޮށްފައެވެ.

 އެއްވެސް މީހެއްގެ ޒާތީ މައުލޫމާތު ނުވަތަ ބޭންކް އެކައުންޓާ ގުޅޭ މައުލޫމާތު އެއްވެސް މީހަކާ ޙިއްސާ ނުކުުރުމަށާއި، ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށް ކަމާއި ގުޅޭ އިދާރާތަކުން ދަނީ ތަކުރާރުކޮށް ޢިލްތިމާސް ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެޗްޑީސީގެ "ސިލްވަ ޖުބްލީ" ފާހަގަކުރަން ހާއްސަ ހަރަކާތްތަކެއް!ޚަބަރު | 15 ދުވަސް ކުރިންފޭސް 2 ގައި ޤާއިމްކުރި ރޯދަ މަރކޭޓް ހުޅުވައިފިޚަބަރު | 21 ދުވަސް ކުރިންހުޅުމާލޭގައި ހިލޭ ކުރިއަށް ގެންދާ ގުރުއާން ކްލާސްތަކަށް ބޮޑު ތަރުހީބެއް!ޚަބަރު | މަހެއް ކުރިންރޯދައަށް އުކާލާ ކުނި މަގުމަތީގައި ނުބެހެއްޓުމަށް އަންގައިފިޚަބަރު | މަހެއް ކުރިން