logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލޭގެ ދެ ފޭސް ގުޅުވައިދޭ ޗެނަލުގެ މޫދުގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާ ކުރަނީ

އައިމިނަތު މޫސާ
15 ސެޕްޓެމްބަރު 2025 - 10:45
ހުޅުމާލޭގެ ދެ ފޭސް ގުޅުވައިދޭ ޗެނަލުގެ މޫދުގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާ ކުރަނީ

ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގުޅޭ ޗެނަލްގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

އެޗްޑީސީން ކުރި އިއުލާނުގައި ވަނީ ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގުޅޭ ޗެނަލް ސަރަހައްދަކީ، ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭހެން ގިނަ އަދަދެއްގެ ރައްޔިތުން މޫދަށް އެރުމަށާއި މުނިފޫހިފިލުވުމަށް ބޭނުންކުރާ ސަރަހައްދެއްކަމަށެވެ. މީގެ އިތުރުން އެ ސަރަހައްދަކީ އެޗްޑީސީން ތިމާވެށި ހިމާޔަތްކުރުމަށް ކުރިއަށްގެންދާ މަސައްކަތުގައި މުރަކަ އިންދާ އާލާކުރުމަށްވެސް ކަނޑައަޅާފައިވާ ސަރަހައްދެއްކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންކަމުން އެ ސަރަހައްދުގެ ތެރޭގައި އިންޖީނުލީ އުޅަނދުފަހަރު ދުއްވުމަކީ މޫދަށް އެރި އުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭ ކަމަކަށްވާތީއާއި އެ ސަރަހައްދުގައި މުރަކަ އާލާކުރުމުގެ މަސައްކަތް ކުރުމަށް ރާވާފަވާތީ، އަންނަ ހުކުރު ދުވަހުން ފެށިގެން އެ ޗެނަލްގައި އިންޖީނުލީ އުޅަނދު ދުއްވުމަކީ މަނާކަމެއްކަމަށްެއެ ކޯޕަރޭޝަންއިން ބުނެފައިވެއެވެ.

އަދި އެ ސަރަހައްދުގެ މޫދުގައިމުރަކަ އިންދައި އާލާކުރުމަށް އެ ކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތަށް ދަތިވާތީ މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން އިންޖީނުލީ އުޅަނދު ފަަހަރު އެ ސަރަހައްދުގެ ތެރޭގައި ދުއްވުމަކީ މަނާކަމެއްކަމުގައި އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

2023ވަނަ އަހަރުވެސް އެޗްޑީސީން މިފަދަ އެންގުމެއް ވަނީ އަންގާފައެވެ. އޭރު އަންގަވާފައިވަނީ އެ ޗެނަލްގައި ޖެޓްސްކީ ފިޔަވާ އިންޖީނުލީ އެއްވެސް އުޅަނދެއް ދުއްވުމަކީ މަނާކަމެއްކަމަށެވެ.

ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގުޅައިދޭ ޗެނަލަކީ އޮއިދެމޭ ގޮތަށް ހަދާފައިވާ ތަނެކެވެ. މި ސަރަޙައްދަކީ މޫދަށްއެރުމާއި މަސްބޭނުމާއި އެކިކަހަލަ އެކްސްކަރޝަން ހަރަކާތްތަކަށް ބޭނުންކުރަމުންދާ ސަރަޙައްދެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގެ ދެ ފޭސް ގުޅުވައިދޭ ޗެނަލުގެ މޫދުގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާ ކުރަނީޚަބަރު | 2 ދުވަސް ކުރިންނޮޅިވަރަންފަރުގެ ހައުސިން ޔުނިޓްގައި ސޮއިކޮށްފައިނުވާ ފަރާތްތަކުގެ އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި ޚަބަރު | 3 ދުވަސް ކުރިންއެޗްޑީސީ އިން ހުޅުމާލޭގެ ގޮނޑުދޮށާއި މޫދު ސާފުކުރުމުގެ ބޮޑު ހަރަކާތެއް ޚަބަރު | 4 ދުވަސް ކުރިންއެސްޓީއޯ ހޮޓާ، 20 މިލިއަން ޑޮލަރަށް އަގުކޮށް ފޭސް 2 ގެ ބިމަކާ ބަދަލުކޮށްފިޚަބަރު | 13 ދުވަސް ކުރިން