logo
ޚަބަރު

ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ދޫކުރާ ލުއިލޯނަށް އެދުމުގެ ފުރުސަތު ކުރިއަށް އޮތް ދެ ހަފުތާތެރޭގައި ހުޅުވާލަން ނިންމައިފި

ނުހާ އަޙްމަދު
14 ސެޕްޓެމްބަރު 2025 - 15:15
ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ދޫކުރާ ލުއިލޯނަށް އެދުމުގެ ފުރުސަތު ކުރިއަށް އޮތް ދެ ހަފުތާތެރޭގައި ހުޅުވާލަން ނިންމައިފި

ސަރުކާރުގެ މެނިފެސްޓޯ ގައިވާ ވައުދު ތަކުގެ ތެރެއިން ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަކޮށްގެން ދޫކުރާ ލުއިލޯނަށް އެދުމުގެ ފުރުސަތު ކުރިއަށް އޮތް ދެ ހަފުތާތެރޭގައި ހުޅުވައިލައްވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވިދާޅުވީ މެނިފެސްޓޯގައި ހިމެނޭ ވައުދު ތަކުގެ ތެރެއިން ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަކޮށްގެން ދޫކުރާ ލުއިލޯނު ސްކީމެއް ހުޅުވާލުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް ނިމުމަކާ ހަމަޔަށް ގޮސްފައިވާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، މި ލޯނު ސްކީމްގެ މަގްސަދަކީ ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެދާއިރާގައި އިތުރަށް ހަރަކާތްތެރިވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން ކަމަށެވެ. މިލޯން ސްކީމް ފަރުމާކުރުމަށް ނިންމަވާފައިވަނީ މީޑިއާ ކޮންޓެންޓް، އޯޑިއޯ ވީޑިއޯ އިމޭޖް ޕްރޮޑަކްޝަން، މުނިފޫހިފިލުވުމުގެ ދާއިރާގެ އިތުރަށް ސޭލްސްއާއި މާކެޓިންއަށް ހާއްސަ ކޮންޓެންޓްގެ ދާއިރާއަށް ފުރުސަތު ލިބޭގޮތަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ހުރިހާ ދާއިރާތައް ހިމެނޭގޮތަށް، ކުރިއަށް އޮތް 2 ހަފްތާ ތެރޭގައި މި ލޯނު ސްކީމަށް އެދުމުގެ ފުރުސަތު ހުޅުވާލަން އަންގަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ޤަޠަރަށް ޚަބަރު | 9 ގަޑިއިރު ކުރިންރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ދޫކުރާ ލުއިލޯނަށް އެދުމުގެ ފުރުސަތު ކުރިއަށް އޮތް ދެ ހަފުތާތެރޭގައި ހުޅުވާލަން ނިންމައިފިޚަބަރު | 11 ގަޑިއިރު ކުރިންއުޞޫލާ ޚިލާފަށް ބޭނުންކުރާތީ މީޑިއާ ފެންޑާ އުވާލައިފި ޚަބަރު | 13 ގަޑިއިރު ކުރިންފަލަސްޠީނު މައްސަލަ ހައްލުކުރުމަށް އދގެ އާންމު މަޖިލީހުން ފާސްކުރި ގަރާރަށް ރާއްޖެއިން ތާއީދުކުރާކަމަށް ރައީސް ވިދާޅުވެއްޖެ ޚަބަރު | 2 ދުވަސް ކުރިން