logo
ޚަބަރު

ނިލަންދޫން ގެއްލިގެން ހޯދަމުންދިޔަ 14 އަހަރުގެ އަންހެންކުއްޖާ ފެނިއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
15 ސެޕްޓެމްބަރު 2025 - 03:50
ނިލަންދޫން ގެއްލިގެން ހޯދަމުންދިޔަ 14 އަހަރުގެ އަންހެންކުއްޖާ ފެނިއްޖެ

 

ފ. ނިލަންދޫއިން ގެއްލިގެން ހޯދަމުން ދިޔަ 14 އަހަރުގެ އަންހެންކުއްޖާ ފެނިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ބުނި ގޮތުގައި އެ ކުއްޖާ ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ ރޭ 22:15 ހާއިރުއެވެ. އެއަށްފަހު ވަގުތުން ފުލުހުންނާއި ނިލަންދޫ ކައުންސިލާއި ރަށުގެ ރައްޔިތުން ގުޅިގެން ކުއްޖާ ހޯދުމުގެ މަސައްކަތް ފަށާފައިވެއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވާ ގޮތުން، ގެއްލިފައިވާ ކުއްޖާ ފެނިފައިވަނީ ރޭ މެންދަމު 2:40 ހާއިރުއެވެ. އަދި ކުއްޖާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

މި މައްސަލައިގައި އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ކުއްޖާ ހޯދުމުގެ މަސައްކަތުގައި ރަށުގެ ގިނަ ރައްޔިތުންތަކެއް ބައިވެރިވެ، އެއްބާރުލުން ދީފައިވާކަން ފާހަގަކުރެވެއެވެ.

މިފަދަ ހާދިސާތައް ރާއްޖޭގެ އެކި ރަށްރަށުން ރިޕޯޓްވަމުން ދާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށް އިތުރު ސަމާލުކަމެއް ދިނުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަނޑިޔާރުންގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރަން މަޝްވަރާކޮށްފިޚަބަރު | 5 ގަޑިއިރު ކުރިންސައްހަނޫން ސްލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފިޚަބަރު | 6 ގަޑިއިރު ކުރިންނިލަންދޫން ގެއްލިގެން ހޯދަމުންދިޔަ 14 އަހަރުގެ އަންހެންކުއްޖާ ފެނިއްޖެޚަބަރު | 6 ގަޑިއިރު ކުރިންސްކޭމްގެ މައްސަލަތަކުގައި ބައިވެރިވާ ގައިދީންނަށް ދެކޮޅަށް އޮޕަރޭޝަނެއްޚަބަރު | 20 ގަޑިއިރު ކުރިން