logo
ޚަބަރު

ސައްހަނޫން ސްލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
15 ސެޕްޓެމްބަރު 2025 - 04:09
ސައްހަ ނޫން ސްލިޕް ފޮނުވައިގެން ވިޔަފާރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާ، ފޮޓޯ: ޕޮލިސް
ސައްހަ ނޫން ސްލިޕް ފޮނުވައިގެން ވިޔަފާރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާ، ފޮޓޯ: ޕޮލިސް

ގއ. ވިލިނގިލީ އެކި ފިހާރަތަކަށް ސައްހަ ނޫން ސްލިޕް ފޮނުވައިގެން ވިޔަފާރިކުރަމުން ދިޔަ މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ހާމަކުރި ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ފަރާތަކީ ގ. ރޯޒީ / މާލެ، މުޙައްމަދު ޝާރިފް (37އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 12 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުންގެ ތަހުގީގަށް މިހާތަނަށް ހޯދިފައިވާ މައުލޫމާތުން ދައްކާ ގޮތުގައި، އޭނާ ވަނީ ވިލިނގިލީގެ އެކި ފިހާރަތަކުން 1500 ރުފިޔާގެ މުދާ ނަގާފައެވެ. 

މި މައްސަލައިގައި މުޙައްމަދު ޝާރިފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 8 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަނޑިޔާރުންގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރަން މަޝްވަރާކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންސައްހަނޫން ސްލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފިޚަބަރު | 4 ގަޑިއިރު ކުރިންނިލަންދޫން ގެއްލިގެން ހޯދަމުންދިޔަ 14 އަހަރުގެ އަންހެންކުއްޖާ ފެނިއްޖެޚަބަރު | 4 ގަޑިއިރު ކުރިންސްކޭމްގެ މައްސަލަތަކުގައި ބައިވެރިވާ ގައިދީންނަށް ދެކޮޅަށް އޮޕަރޭޝަނެއްޚަބަރު | 18 ގަޑިއިރު ކުރިން