logo
Bank of Maldives

Bank of Maldives

ޚަބަރު

ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ފަށައިފި

އާމިނަތު ޝަފާ
15 ސެޕްޓެމްބަރު 2025 - 06:33
އޮފަރޭޝަން ކުރަނގީގެ ތެރެއިން ބިދޭސީންތަކެއްގެ މަޢުލޫމާތުތަކެއް ނަގަނީ
އޮފަރޭޝަން ކުރަނގީގެ ތެރެއިން ބިދޭސީންތަކެއްގެ މަޢުލޫމާތުތަކެއް ނަގަނީ

ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު މިއަދުން ފެށިގެން ފިޔަވަޅު އަޅަން ފަށައިފިއެވެ.

ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމާ ބެހޭ ގޮތުން ވުޒާރާއިން މީގެ ކުރިން ކޮށްފައިވާ ޢިއުލާނުގައި ވާގޮތުން މިއަދުން ފެށިގެން ވަޒީފާއާބެހޭ ޤާނޫނުގެ 8ވަނަ އިސްލާޙުގައިވާ ގޮތުގެ މަތިން، ޤާނޫނުގެ 7-65 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކާއި، ޚާއްސަކޮށް ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މުވައްޒަފަކު ގެނައުމަށްފަހު އެފަރާތާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތައް -/50،000 (ފަންސާސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި 7-65 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި ނުހިމެނޭ ކަންކަމުގައި، ޤާނޫނުގެ 8-65ވަނަ މާއްދާގެ (ހ)ގައި ބަޔާންކުރާ ގޮތުގެ މަތިން -/100،000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑު ނޫން ޢަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

މިއަދުން ފެށިގެން އެކްސްޕެޓް ޕޯޓަލް މެދުވެރިކޮށް ހަވާލާދެވުނު މާއްދާތަކުގައި ބަޔާންކުރާ ފިޔަވަޅުތައް ތަންފީޛު ކުރަމުންދާނެ ކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ. އަދި މިއަދުން ފެށިގެން ވަޒީފާދޭ ފަރާތުން ޖޫރިމަނާގެ ފައިސާ ދައްކާ ޚަލާސް ކުރުމުން މެނުވީ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އިތުރު އެއްވެސް ޚިދުމަތެއް ފޯރުކޮށް ނުދެވޭނެއެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކަމާ ގުޅުންހުރި ހުރިހާ އިދާރާއެއް ގުޅިގެން މަސައްކަތްކުރަން ފެށީ، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެގޮތުން ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ ބަޔޯ މެޓްރިކްސްނަގައި، އެކްސްޕެޓް ސިސްޓަމް އިތުރަށް ހަރުދަނާކޮށް ބިދޭސީންނާއި ގުޅުންހުރި އެކި ކަންކަމުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށާއި، ރާއްޖޭގައި އުޅޭ ބިދޭސީން ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިނގިރޭޓް ވަގަށް ނެގި މައްސަލައާ ގުޅޭ 241 ކޮމިޓީގެ ބައްދަލުވުން ފަސްކޮށްފިޚަބަރު | 21 ދުވަސް ކުރިންސައިބަރ ސެކިއުރިޓީ ސިމްޕޯޒިއަމްގެ ސަބަބުން ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢަށް އެހީ ވެދޭނެ: ޑރ. ކިނާނަތުޚަބަރު | 23 ދުވަސް ކުރިންބާޠިލުކުރެވޭ ވޯކް ޕަރމިޓްތަކުގެ ކޯޓާ ސްލޮޓް ދެން ރިލީޒްކުރާނީ ދައްކަންޖެހޭ ހުރިހާ ފީއެއް ދެއްކުމުންޚަބަރު | 25 ދުވަސް ކުރިންއެއްބަސްވުމާ އެއްގޮތަށް ބިދޭސީންގެ ފީތައް ނުދައްކާ ފަރާތްތަކަށް ދެން އިތުރު ފުރުޞަތެއް ނުދޭނެޚަބަރު | މަހެއް ކުރިން