logo
Bank of Maldives

Bank of Maldives

ޚަބަރު

ސިނގިރޭޓް ވަގަށް ނެގި މައްސަލައާ ގުޅޭ 241 ކޮމިޓީގެ ބައްދަލުވުން ފަސްކޮށްފި

އައިމިނަތު މޫސާ
17 އޮކްޓޯބަރު 2025 - 09:29
ސިނގިރޭޓް ވަގަށް ނެގި މައްސަލައާ ގުޅޭ 241 ކޮމިޓީގެ ބައްދަލުވުން ފަސްކޮށްފި

ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި ދެ ކޮންޓެއިނަރު ސިނގިރޭޓު، އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓައި ގެއްލުނު މައްސަލައިގައި ބާއްވަން ނިންމި ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ ބައްދަލުވުން ފަސްކުރަން ނިންމައިފިއެވެ.

ދެ ކޮންޓެއިނަރުގައި ހުރި ޖުމުލަ 13.6 މިލިއަން ސިނގިރޭޓު ގެއްލުނުކަން ފެންމަތިވީ މި މަހުގެ 8 ވަނަ ދުވަހު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ބުދަ ދުވަހު ސިއްރުކޮށްގެން ބޭއްވި 241 ކޮމިޓީގެ ބައްދަލުވުން ބާއްވަން ތާވަލްކޮށްފައި އޮތީ އަންނަ އާދިއްތަ ދުވަހަށެވެ. އެ ބައްދަލުވުމުގައި އޮތީ އެފަދަ ބޮޑު ވައްކަމެއް ވިޔަފާރި ބަނދަރުގެ ތެރޭން ހިނގުމަކީ ގައުމީ ސަލާމަތާ ގުޅޭ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ހިމެނޭ ކަމަކަށް ވާތީ އެކަން ބެލުމަށެވެ.

އެ މައްސަލައިގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވެރިންވެސް ކޮމިޓީއަށް ހާޒިރުކުރަން ނިންމާފައެވެ. އަދި، އެއަށް ފަހު ފުލުހުންނާއި ކަސްޓަމްސްގެ އިތުރުން އެމްޕީއެލްގެ އިސްވެރިން ވެސް ކޮމިޓީއަށް ހާޒިރުކުރަން އޮތީ ނިންމާފައެވެ.

އެކަމަކު، މަޖިލީހުގެ އިދާރާއިން މިއަދު ވަނީ އެ ކޮމިޓީ އެއް ހަފުތާއަށް ފަސްކޮށްފައިވާ ކަމަށް ބުނެފައެވެ.

މަޖިލީހުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެ ކޮމިޓީ އެއް ހަފުތާއަށް ފަސްކުރަން ނިންމީ އެ މައްސަލައިގައި މި ވަގުތު ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފި ނަމަ ތަހުގީގަށް ހުރަސްއެޅިދާނެތީ ކަމަށެވެ.

ހުޅުމާލޭ ވިޔަފާރި ބަނދަރުގެ ތެރޭ ދެ ކޮންޓެއިނަރެއް ތެރޭ ހުރި 13.6 މިލިއަން ސިނގިރޭޓް ގެއްލުނު މައްސަލައިގައި އެމްޕީއެލްގެ ހަ މުވައްޒަފަކު ވެސް ސަސްޕެންޑުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި، ތަހްގީގަށް ހައްޔަރުކުރި ހަތަރު މީހުން ފިޔަވާ ޖުމުލަ 12 މީހެއްގެ ޕާސްޕޯޓު ހިފެހެއްޓި ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިހުތިޖާޖުގައި މާލެގެ ފަޅަށް ވަދެ ނުކުމެ ހަދާ އުޅަނދުތަކަށް ހުރަސްއަޅަން މަސައްކަތް ކުރި: ފުލުހުންޚަބަރު | 5 ގަޑިއިރު ކުރިންބޮޑުކަންނެލީގެ މަސްވެރިންގެ މުޒާހަރާ ފުލުހުން ރޫޅާލައިފިޚަބަރު | 8 ގަޑިއިރު ކުރިންހުޅުމާލެ އިން ޓޯކުރި އުޅަނދުތަށް ދޫކުރަން ފަށައިފިޚަބަރު | 9 ގަޑިއިރު ކުރިންޤާނޫނާ ޚިލާފު އަމަލުތައް ހިންގުވާތީ ގައިދީން ކުރާ ކޯލްތައް ރިޕޯޓްކޮށްދިނުމަށް އެދެފި ޚަބަރު | 10 ގަޑިއިރު ކުރިން