logo
Bank of Maldives

Bank of Maldives

ޚަބަރު

ސައިބަރ ސެކިއުރިޓީ ސިމްޕޯޒިއަމްގެ ސަބަބުން ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢަށް އެހީ ވެދޭނެ: ޑރ. ކިނާނަތު

އައިޝަތު ނަޝާ
15 އޮކްޓޯބަރު 2025 - 09:50
ސައިބަރ ސެކިއުރިޓީ ސިމްޕޯޒިއަމްގެ ސަބަބުން ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢަށް އެހީ ވެދޭނެ: ޑރ. ކިނާނަތު

ސައިބަރ ސެކިއުރިޓީ ސިމްޕޯޒިއަމްގެ ސަބަބުން ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢަށް އެހީވެދޭނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.

ސައިބަރ ސެކިއުރިޓީ ސިމްޕޯޒިއަމް ފައްޓަވާދެއްވާ ވާހަކަ ދައްކަވަމުން ޑރ. ކިނާނަތު ވަނީ، މި ބައްދަލުވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް 2.0ގައި އިސްކަންދެއްވާފައިވާ އެމަނިކުފާނުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢަށް އެހީ ވެދޭނެކަން ފާހަގަކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދުނިޔޭގައި މިވަގުތު އެންމެ ހަލުވިކަމާއި އެކު ކުރިއަރަމުން އަންނަ އެއް ޓެކްނޮލޮޖީ ކަމަށްވާ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި)، އޭގެ އެންމެ ފުރިހަމަ ލާބަ އާއި މަންފާ ދެމެހެއްޓެނިވި ގޮތަކަށް އެންމެނަށް ހަމަހަމަ ކަމާއިއެކު، އަދި އިންސާނީ ކަރާމާތަށް ގެއްލުންނުވާނޭ ފަދަ ރަގަޅު ހެޔޮގޮތުގައި ބޭނުންކުރުމަށް ދިވެހިރާއްޖެ ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމަށްޓަކައި މިއަހަރު ޖުލައި 31 ވަނަ ދުވަހު ޔުނެސްކޯގެ އެހިގެ ދަށުން ތައްޔަރު ކުރި އޭއައި ރީޑިނެސް އެސެސްމެންޓް ރިޕޯޓު ވަނީ މިހާރު ލޯންޗުކޮށްފައި ކަމަށް ސްޓޭޓް ވިދާޅުވިއެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ސިމްޕޯޒިއަމްގަ އާޓިފިޝަލް އިންޓެލިޖެންސް އެންޑް ސެކިއުރ ޑިވެލޮޕްމެންޓާއި ނޭޝަނަލް ސައިބަރ ސެކިއުރިޓީ ފްރޭމްވޯކް، ނޭޝަނަލް ބޭސްލައިން ސައިބަރ ސެކިއުރިޓީ ފްރޭމްވޯކް ޕްރެޒެންޓޭޝަން، ހަރުދަނާ އަދި އެޑަޕްޓަބަލް ޑިޖިޓަލް މުސްތަގުބަލެއް ބިނާކުރުމަށް މަޝްވަރާކުރެވިގެންދާނެއެވެ.

މި ސިމްޕޯޒިއަމްގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި، ސަރުކާރު ޙިއްސާވާ ކުންފުނިތަކާއި، އޭޖެންސީތަކާއި މިނިވަން މުޢައްސަސާތައްވެސް ބައިވެރިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސައިބަރ ސެކިއުރިޓީ ސިމްޕޯޒިއަމްގެ ސަބަބުން ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢަށް އެހީ ވެދޭނެ: ޑރ. ކިނާނަތުޚަބަރު | 4 ގަޑިއިރު ކުރިންބާޠިލުކުރެވޭ ވޯކް ޕަރމިޓްތަކުގެ ކޯޓާ ސްލޮޓް ދެން ރިލީޒްކުރާނީ ދައްކަންޖެހޭ ހުރިހާ ފީއެއް ދެއްކުމުންޚަބަރު | ދުވަހެއް ކުރިންއެއްބަސްވުމާ އެއްގޮތަށް ބިދޭސީންގެ ފީތައް ނުދައްކާ ފަރާތްތަކަށް ދެން އިތުރު ފުރުޞަތެއް ނުދޭނެޚަބަރު | 10 ދުވަސް ކުރިންމ. އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިޚަބަރު | 22 ދުވަސް ކުރިން