logo
Bank of Maldives

Bank of Maldives

ޚަބަރު

ގަވާއިދާ ހިލާފަށް ވަޒީފާ އަދާކުރާ ބިދޭސީން ސައްހަ ވޯކް ޕާމިޓް ހޯދަން ހުޅުވާލަނީ

އާމިނަތު ޝަފާ
18 ޑިސެމްބަރު 2025 - 15:23
ގަވާއިދާ ހިލާފަށް ވަޒީފާ އަދާކުރާ ބިދޭސީން ސައްހަ ވޯކް ޕާމިޓް ހޯދަން ހުޅުވާލަނީ


މިވަގުތު ރާއްޖޭގައި ގަވާއިދާ ހިލާފަށް ވަޒީފާ އަދާކުރާ ބިދޭސީންނަށް ސައްހަ ވޯކް ޕާމިޓެއް ހޯދަން، މި ފެށޭ ޖެނުއަރީގެ ފުރަތަމަ ދުވަހުން ފެށިގެން ތިން މަހުގެ މުއްދަތެއް ދޭން ނިންމައިފިއެވެ.

ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތްނަމަވެސް، ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ "ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް" އަމާޒުކޮށް "އޮޕަރޭޝަން ކުރަނގީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް" އަންނަ ޖަނަވަރީ 01 ވަނަ ދުވަހުން ފެށިގެން، އޭޕްރީލް 02 ވަނަ ދުވަހާ ހަމައަށް ހުޅުވާލަން ނިންމާފައިވާކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން ލީގަލައިޒްވުމަށް ހުށަހަޅާ ބިދޭސީންގެ ޝަރުތުތައް:

• ވަރކް ޕަރމިޓްގެ މުއްދަތު ހަމަވެފައިވުން؛
• އެއްވެސް ސަބަބަކާހުރެ ބްލެކްލިސްޓްކޮށްފައިވާ ބިދޭސީއެއް ކަމުގައިނުވުން؛
• ދިވެހިރާއްޖޭގައި މިވަގުތު ހުރި ބިދޭސީއެއް ކަމުގައިވުން؛
• ބިދޭސީ ފަރާތް ލީގަލައިޒްކުރަން އެދޭ ވަޒީފާދޭ ފަރާތަކީ، އެންމެ ފަހުން ވަރކް ޕަރމިޓް ދޫކޮށްފައިވާ ވަޒީފާދޭ ފަރާތަށްނުވުން؛
• ވަޒީފާ އަދާކުރުމުގެ ހުއްދައެއްގެ ދަށުން ރާއްޖެ އެތެރެވެފައިވާ ބިދޭސީއަކު ކަމުގައިވުން؛
• އެއް ފަހަރު ލީގަލައިޒްވެފައިވާ ބިދޭސީއެއް ކަމުގައިނުވުން؛
• 2025 ޑިސެމްބަރު 31 ވަނަ ދުވަހުގެ ކުރިން ވަޒީފާދޭ ފަރާތުން ފިލާފައިވާކަމަށް ނުވަތަ ގެއްލިފައިވާކަމަށް އެކްސްޕެޓް ސިސްޓަމްގައި ރިޕޯޓްކޮށްފައިވާ ބިދޭސީއެއް ކަމުގައިވުން؛

ވުޒާރާއިން ބުނީ ވަޒީފާ ދޭނެ ފަރާތެއްހުރި، ލީގަލައިޒްވާން އެދޭ ބިދޭސީން ލީގަލައިޒްކުރުމަށް ހުށަހަޅާނީ، "އެކްސްޕެޓް ސިސްޓަމް" މެދުވެރިކޮށް ވަޒީފާދޭ ފަރާތުންކަމަށެވެ. އަދި ލީގަލައިޒްކުރުމަށް ސިސްޓަމް މެދުވެރިކޮށް ހުށަހަޅާނެ ގޮތުގެ ޔޫޒަރ ގައިޑް އެކްސްޕެޓް ސިސްޓަމް ވެބް ޕޭޖަށް އަޕްޑޭޓް ކުރާނެކަމަށްވެސް މައުލޫމާތުދެއެވެ.
ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލު ގެނެސްދިނުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގި ކުރިއަށްގެންދަނީ ތިން ފޭސްއަކަށް ބަހާލައިގެން ކަމަށާއި މި މަސައްކަތުގެ ދެވަނަ ފޭސްގެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށޭނެ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނުވަނީ ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އޮޕަރޭޝަންގެ ފަހު ފޭސްގެ މަސައްކަތް 2 އޭޕްރީލް 2026 ފެށިގެން 2027 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އެހިސާބުން ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ބިދޭސީއަކަށް ނޫޅެވޭނެކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަވާއިދާ ހިލާފަށް ވަޒީފާ އަދާކުރާ ބިދޭސީން ސައްހަ ވޯކް ޕާމިޓް ހޯދަން ހުޅުވާލަނީ ޚަބަރު | 11 ގަޑިއިރު ކުރިންޤާނޫނާ ޚިލާފު އަމަލުތައް ހިންގުވާތީ ގައިދީން ކުރާ ކޯލްތައް ރިޕޯޓްކޮށްދިނުމަށް އެދެފި ޚަބަރު | 8 ދުވަސް ކުރިންހަފުތާ 104: 700 މީހުން ރިހިބިލިޓޭޝަން ފަރުވާ ފުރިހަމަކޮށްފިޚަބަރު | މަހެއް ކުރިން"އީ-ވިސާ"ގެ ޚިދުމަތާއެކު ވިސާގެ ޚިދުމަތްތަކަށް އިންގިލާބީ ބަދަލެއް އަންނާނެ: ވަޒީރުޚަބަރު | މަހެއް ކުރިން