logo
ޚަބަރު

ސިޔާސަތުތައް ކަނޑައެޅުމުގައި ހުރިހާ ފަންތިއެއްގެ ރައްޔިތުންގެ އަޑުއަހަން ޖެހޭ: ރައީސް

އާމިނަތު ޝަފާ
15 ސެޕްޓެމްބަރު 2025 - 05:44
ސިޔާސަތުތައް ކަނޑައެޅުމުގައި ހުރިހާ ފަންތިއެއްގެ ރައްޔިތުންގެ އަޑުއަހަން ޖެހޭ: ރައީސް

ސިޔާސަތުތައް ކަނޑައެޅުމުގައި ހުރިހާ ފަންތިއެއްގައިވެސް ރައްޔިތުންގެ އަޑު އަހައި އެ ހިޔާލުތައް ބަލައިގަނެވޭނެކަން ކަށަވަރުކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް މިފަދައިން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ޑިމޮކްރެސީ ދުވަހުގެ މުނާސަބާއިގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސްވަނީ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރާއިރު، އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ހާއްސަ ސަމާލުކަމެއްދޭންޖެހޭކަން ފާހަގަކުރައްވައި ސިޔާސަތުތައް ކަނޑައަޅައި ނިންމުންތައް ނިންމުމުގައި ހުރިހާ ދިވެހިންގެ އަޑު އަހައި އެ ހިޔާލުތައް ބަލައިގަނެވޭނެކަން ކަށަވަރުކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ އެބަޔަކަށް ހައްގު މަގާމު ހޯދުމަށް މަސައްކަތްކުރަމުންދާ އެންމެހާ ފަރާތްތަކާ އެކު ދެމިތިބޭނެކަމަށެވެ. ވަކިން ހާއްސަކޮށް އަމިއްލަ މުސްތަގިއްލު ދައުލަތެއް ގާއިމުކުރުމުގެ ހައްގު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެކަން ކަށަވަރުކޮށްދެންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެެ.

ދުނިޔޭގެ ޑިމޮކްރަސީ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު 15 ވަނަ ދުވަހެވެ. އދ. ގެ އާއްމު މަޖިލީހުގެ ގަރާރަކުން އެގޮތަށް ފާސްކޮށްގެން 2007 ވަނަ އަހަރުން ފެށިގެން މިދުވަސް އަންނަނީ ފާހަގަ ކުރަމުންނެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިޔާސަތުތައް ކަނޑައެޅުމުގައި ހުރިހާ ފަންތިއެއްގެ ރައްޔިތުންގެ އަޑުއަހަން ޖެހޭ: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ޤަޠަރަށް ޚަބަރު | 15 ގަޑިއިރު ކުރިންރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ދޫކުރާ ލުއިލޯނަށް އެދުމުގެ ފުރުސަތު ކުރިއަށް އޮތް ދެ ހަފުތާތެރޭގައި ހުޅުވާލަން ނިންމައިފިޚަބަރު | 17 ގަޑިއިރު ކުރިންއުޞޫލާ ޚިލާފަށް ބޭނުންކުރާތީ މީޑިއާ ފެންޑާ އުވާލައިފި ޚަބަރު | 18 ގަޑިއިރު ކުރިން