އެމް.ޕީ.އެލްގެ 39 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި
15 ސެޕްޓެމްބަރު 2025 - 06:52

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް)ގެ 39 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފިއެވެ.
އެމް.ޕީ.އެލްގެ 39 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފެށުމުގެ ގޮތުން އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި މިއަދު އެންމެ ފުރަތަމަ ދިޔައީ ކޭކް ފެޅުމުގެ ހަފްލާއެކެވެ. އެމްޕީއެލްއިން ބުނީ މި ހަފްލާގައި އެމް.ޕީ.އެލްގެ ސީ.އީ.އޯ، ޑީ.ސީ.ޕީ (ރިޓަޔަރޑް) މުޙައްމަދު ރިޝްވާން، އާއި މެނޭޖްމަންޓްގެ ބޭފުޅުން އަދި މުވައްޒަފުން ބައިވެރިވިއެވެ.

Ad by Hajj Corporation
ކޭކް ފެޅުމުގެ ހަފްލާއަށްފަހު، އެމް.ޕީ.އެލްއިން ވަނީ މާލޭ ވިޔަފާރި ބަނދަރު ސަރަހައްދުގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްސަކޮށް، ހެނދުނު ނާސްތާއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި ޕޯޓުގެ މަސައްކަތްތެރިންނާއި، ލޯރީ ޑްރައިވަރުން އަދި ކްލިއަރިންގ ގުރޫޕްގެ ވެރިން ބައިވެރިވިއެވެ.
އެމް.ޕީ.އެލްއިން މާލޭ ވިޔަފާރި ބަނދަރުގެ ޚިދުމަތްތައް ރަސްމީކޮށް ފެށީ 15 ސެޕްޓެްބަރ 1986ގަ އެވެ. އެންމެ ފުރަތަމަ ޚިދުމަތް ފެށީމޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމް.ޕީ.އޭ)ގެ ނަމުގައެވެ. އެމް.ޕީ.އޭ ކުންފުންޏަކަށް ބަދަލުކޮށް، އެމް.ޕީ.އެލްގެ ނަމުގައި ޚިދުމަތް ދޭން ފެށީ 2008 ވަނަ އަހަރުން ފެށިގެންނެވެ.