logo
ޚަބަރު

ސީއެސްސީގެ ރައީސަކަށް މުޖުތާޒް، ނައިބަކަށް ނާސިޙް، އެޗްއާރުސީއެމްގެ ނައިބަކަށް ޝަފީގުގެ ނަން ފާސްކޮށްފި

އާމިނަތު ޝަފާ
15 ސެޕްޓެމްބަރު 2025 - 09:48
ސީއެސްސީގެ ރައީސަކަށް މުޖުތާޒް، ނައިބަކަށް ނާސިޙް، އެޗްއާރުސީއެމްގެ ނައިބަކަށް ޝަފީގުގެ ނަން ފާސްކޮށްފި

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އަދި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ ނައިބު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނަން ފޮނުއްވެވި ބޭފުޅުން އެ މަގާމުތަކަށް އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސްގެ މަގާމު ހުސްވެފައިވަނީ އެ މަގާމުތަކުގައި ތިބި މެންބަރުންގެ މަގާމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ. އެ ކޮމިޝަނަށް އަލުން ބޭފުޅުން އައްޔަން ކުރައްވާފައިވާއިރު ކޮމިޝަންގެ ރައީސަކަމަށް އަލްއުސްތާޛް މުޙައްމަދު މުޖުތާޒް، އައްޔަން ކުރެއްވުމަށް ނިންމަވައި އެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ދައުރުން ބޭރުން ބޭއްވި ޖައްސާއަށް ހުށަހަޅުއްވާފައެވެ.

އަދި ސިވިލް ސަރވިސް ކޮމިޝަންގެ ނައިބުރައީސްގެ މަގާމަށް މުޙައްމަދު ނާސިހު އައްޔަން ކުރެއްވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.
ސިވިލް ސަރވިސް ކޮމިޝަން އެކުލެވިގެން ވަނީ 5 މެންބަރުންގެ މައްޗަށެވެ.

Ad by Hajj Corporation

Ad by Hajj Corporation


އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މޫމިިނާ ވަހީދުގެ މަގާމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ. ވުމާއެކު އެ މަގާމަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވަނީ އެކޮމިޝަނަށް އެންމެ ފަހުން އައްޔަންކުރެއްވި މުޙައްމަދު ޝަފީޤް މަޙްމޫދުގެ ނަންފުޅެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާއި ނައިބުރައީސްގެ މަގާމަށް އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވި ނަންތައް ދިރާސާ ކުރުމަށްޓަކައިމިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް، އަދި އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަގާމަށް އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވި ނަންފުޅު ދިރާސާ ކުރުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް މިއަދުވަނީ ފޮނުވާފައެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި މައްސަލަ ދިރާސާ ކުރުމަށްފަހު ނިންމެވީ ދެ ބޭފުޅުންވެސް މަގާމުތަކަށް ޝަރުތުހަމަވާ ކަމަށް ފެންނަ ކަމަށެވެ. އެހެންވެ މަޖިލީހުންވެސް ވަނީ ދެ ބޭފުޅުންނަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށްފައެވެ. އެގޮތުން ސީއެސްސީގެ ރައީސަކަށް މުޖުތާޒް އައްޔަން ކުރެއްވުމަށް ފާސްވީ 68 މެންބަރުންގެ ވޯޓުންނެވެ. އަދި ނައިބު ރައީސަކަށް ނާސިޙް އައްޔަން ކުރެއްވުމަށް ފާސްވީ 64 މެންބަރުންގެ ވޯޓުންނެވެ.

އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަގާމަށް މުޙައްމަދު ޝަފީގް މަހުމޫދު އައްޔަން ކުރެއްވުމަށް ފާސްކޮށްފައިވަނީ 67 މެންބަރުންގެ ވޯޓުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީޑިއާތައް ރެގިއުލޭޓްކުރާ ބިލް, އިސްލާހުތަކަކާއެކު ކޮމިޓީން ފާސްކޮށްފިޚަބަރު | 9 ގަޑިއިރު ކުރިންދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް މާދަމާވެސް ބާއްވަނީޚަބަރު | 13 ގަޑިއިރު ކުރިންސީއެސްސީގެ ރައީސަކަށް މުޖުތާޒް، ނައިބަކަށް ނާސިޙް، އެޗްއާރުސީއެމްގެ ނައިބަކަށް ޝަފީގުގެ ނަން ފާސްކޮށްފިޚަބަރު | 13 ގަޑިއިރު ކުރިންޚިޔާލު ހޯދުމުގެ ބިލަށް އެމްޑީޕީން ވޯޓު ނުދީފިނަމަ އެ ބުނަނީ ރައްޔިތުން ކައިރީ އަހާކަށް ނުޖެހޭނޭ: ފަލާހްޚަބަރު | 16 ގަޑިއިރު ކުރިން