logo
Bank of Maldives

Bank of Maldives

ޚަބަރު

ޚިޔާލު ހޯދުމުގެ ބިލަށް އެމްޑީޕީ މެމްބަރުން ވޯޓު ނުދީފިނަމަ އެ ބުނަނީ ރައްޔިތުން ކައިރީ އަހާކަށް ނުޖެހޭނޭ: ފަލާހް

މުހައްމަދު މޫސާމުހައްމަދު މޫސާ
15 ސެޕްޓެމްބަރު 2025 - 06:14
ޚިޔާލު ހޯދުމުގެ ބިލަށް އެމްޑީޕީން ވޯޓު ނުދީފިނަމަ އެ ބުނަނީ ރައްޔިތުން ކައިރީ އަހާކަށް ނުޖެހޭނޭ: ފަލާހް

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލަށް އިދިކޮޅު އެމްޑީޕީ މެމްބަރުން ވޯޓު ނުދީފިނަމަ، އެއީ ރައްޔިތުންގެ ކައިރިން ޚިޔާލު ހޯދާކަށް ނުޖެހޭ ކަމަށް ބުނާ ބުނުމެއް ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް މިއަދު ވިދާޅުވެއްޖެއެވެ.

މި ބިލުގެ ކޮމެޓީ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން ފަލާހް ވިދާޅުވީ، މި ބިލަކީ 2008 ވަނަ އަހަރު ޤާނޫނުއަސާސީ ފާސްވުމާއެކު އަންނަންޖެހޭ ޤާނޫނެއް ކަމަށެވެ. އަދި ޤާނޫނުއަސާސީގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގޭނެ ހާލަތްތައް ތަފްސީލުކޮށް ބަޔާންކޮށްފައިވާ ކަމަށާއި، މި ބިލުގައި އެކަންކަމުގެ ހަމަތަކާއި އުސޫލުތައް ތަފްސީލުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"މި މަޖިލީހުގައި ކިތައްމެ ވަރަކަށް އޮޅުވާލަން އުޅުނަސް ރައްޔިތުންނަކީ މާ ހޭލުންތެރި ބައެއް. ރައްޔިތުންނަކަށް އޮޅުވައެއް ނުލެވޭނެ. މި ބިލުގެ އެއްވެސް މާއްދާއެއްގައި ރައްޔިތުންނަށް، އިލެކްޝަން ކޮމިޝަނަށް އަދި މަޖިލީހަށް އޮޅޭގޮތަށް ކަމެއް ކުރެވޭނެ އެއްވެސް ގޮތެއް ނެތް،" ފަލާހް ވިދާޅުވިއެވެ.

ފަލާހް އިތުރަށް ވިދާޅުވީ، މި ބިލުގައި ބަޔާންކޮށްފައިވަނީ ކުރިއަށް އޮތް ތަނުގައި ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުވާ ފަރާތެއްގެ ހުވާކުރުން 11 ނޮވެމްބަރަށް ބަދަލުކުރުމަށާއި، މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލުމަށް ޖާގަދޭ ގޮތަށް ކަމަށެވެ. އަދި މި ބިލުގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރު ދަންމާލުމުގެ އެއްވެސް ވާހަކައެއް ނެތް ކަމަށް ވެސް ފަލާހް ވިދާޅުވިއެވެ.

"މި ބިލަކީ ވަރަށް މުހިންމު ބިލެއް. ބިލަށް އެމްޑީޕީން ވޯޓު ނުދީފިނަމަ އެ ބުނަނީ ރައްޔިތުން ކައިރީ އަހާކަށް ނުޖެހޭނޭ. އެހެން އެ ބުނަނީ. މި ބިލަށް އެމްޑީޕީގެ އެއްވެސް މެމްބަރަކު ވޯޓު ނުދީފިނަމަ އެ ބުނަނީ ރައްޔިތުންގެ ކައިރީގައެއް އަހާކަށް ނުޖެހޭނޭ،" ފަލާހް ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮމިޓީގެ ނިންމުން: ދެ އިންތިޚާބު އެއްކޮށްލަން ފެނޭޚަބަރު | 14 ގަޑިއިރު ކުރިންމަޖިލީހަށް ޕެޓިޝަން ހުށަހަޅުމަށް އިލެކްޓްރޯނިކް ޕެޓިޝަން ޕޯޓަލެއް ޚަބަރު | ދުވަހެއް ކުރިންއެމްޑީޕީގެ ދެ ވެރިކަމުގައިވެސް ރާއްޖޭގެ އިގްތިސޯދަށް ފައިދާވާނެ ކަމެއް ކޮށްފައިނުވޭ: ފަލާހްޚަބަރު | 3 ދުވަސް ކުރިންމަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭ ޒިންމާދާރު މީޑިޔާއެއް އޮތުމަކީ ރައްޔިތުންގެ ޙައްޤެއް: ރައީސްޚަބަރު | 4 ދުވަސް ކުރިން