logo
MPL

MPL

ޚަބަރު

އެމްޑީޕީގެ ދެ ވެރިކަމުގައިވެސް ރާއްޖޭގެ އިގްތިސޯދަށް ފައިދާވާނެ ކަމެއް ކޮށްފައިނުވޭ: ފަލާހް

މުޙައްމަދު އަފްރާޙް
7 ފެބްރުއަރީ 2026 - 06:01
އެމްޑީޕީގެ ދެ ވެރިކަމުގައިވެސް ރާއްޖޭގެ އިގްތިސޯދަށް ފައިދާވާނެ ކަމެއް ކޮށްފައިނުވޭ: ފަލާހް

އެމްޑީޕީގެ ދެ ވެރިކަމުގައިވެސް ރާއްޖޭގެ އިގްތިސޯދަށް ފައިދާވާނެ ކަމެއް ކޮށްފައިނުވާ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ފަލާހު މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ކުޅުދުއްފުށިން ވާދަކުރާ ޕީއެންސީ ކެންޑިޑޭޓުންގެ ކެމްޕޭން އިފްތިތާހުކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަމުްނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަލާހު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ތަރައްގީގެ އެއްވެސް ބޮޑު މަޝްރޫއެއް ކުރިއަށް ގެންގޮސްފައިނުވާ ކަމަށާއި، ނިމުނު މަޝްރޫއެއްވެސް ނެތްކަމަށެވެ. އަދި ތިލަމާލޭގެ ބުރިޖުގެ މަސައްކަތް ފެށި ނަމަވެސް އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދިޔައީ ރޭވުންތެރިކަމެއްނެތް ގޮތަކަށް ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުން ރަށްރަށުގައި ފަށައިފައިވާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ކައުންސިލްތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް މުހިންމުވާނެކަން ފާހަގަކުރައްވާ ފަލާހު ވިދާޅުވީ ފާއިތުވި 17 އަހަރު ކުޅުދުއްފުށި ރައްޔިތުން ވަނީ އެމްޑީޕީ ޓެސްޓު ކޮށްފައި ކަމަށާއި، އެހެންކަމުން މިފަހަރު ޕީއެންސީގެ ކައުންސިލެއް އިންތިހާބުކޮށްދިނުމަށްކަމަށް ފަލާހު އެދިވަޑައިގެންނެވިއެވެ.

ފަލާހު ވަނީ ޕީއެންސީގެ ކެންޑިޑޭޓުން، ރަށުގެ ރައްޔިތުންގެ މާޔޫސް ނުކުރާނެކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނިމިދިޔަ ސަރުކާރަށް ވުރެ މި ސަރުކާރުން ކުރި މަސައްކަތް ދިހަ ގުނަ އިތުރުވާނެ: ލަތީފްޚަބަރު | 3 ދުވަސް ކުރިންޓެކްސް ނިޒާމަށް ގެންނަ އިސްލާހާ ދެކޮޅަށް އިދިކޮޅުން ދައްކަނީ އެއްވެސް ހުއްޖަތެއް ނެތް ވާހަކަތަކެއް: ނަސީރުޚަބަރު | 4 ދުވަސް ކުރިންމަޖިލީހުގެ ރައީސްގެ މުސާރައަށް ބަދަލު ގެނައީ ތިންބާރުގެ ހަމަހަމަކަން ގާއިމުކުރުމަށް: ފަލާހްޚަބަރު | 4 ދުވަސް ކުރިންޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުޅުދުއްފުށީގައި ހާއްސަ މަރުކަޒެއް ހުޅުވައިފިޚަބަރު | 19 ދުވަސް ކުރިން