logo
MPL

MPL

ޚަބަރު

މަޖިލީހުގެ ރައީސްގެ މުސާރައަށް ބަދަލު ގެނައީ ތިންބާރުގެ ހަމަހަމަކަން ގާއިމުކުރުމަށް: ފަލާހް

އައިޝަތު ނަޝާ
26 އޮކްޓޯބަރު 2026 - 10:38
މަޖިލީހުގެ ރައީސްގެ މުސާރައަށް ބަދަލު ގެނައީ ތިންބާރުގެ ހަމަހަމަކަން ގާއިމުކުރުމަށް: ފަލާހް

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރައަށް ބަދަލު ގެނައީ ތިންބާރުގެ ހަމަހަމަކަން ގާއިމުކުރުމުގެ ބޭނުމުގައި ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ފަލާހް މިހެން ވިދާޅުވީ މިއަދު ކުރިއަށް ދިޔަ މަޖލީހުގެ ޖަލްސާގައި، މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރުންގެ މުސާރައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފަލާޙް ވިދާޅުވީ ވަޒީރުންގެ އަސާސީ މުސާރަ ބޮޑުކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް ކުރިން ކާރާއި ޑްރައިވަރާއި ތެލަށް ދެމުން އައި 7،000 ރުފިޔާއަކީ އެކަމަށް އެކަށީގެންވާ މިންވަރަކަށް ނުވާތީ، އެ އެލަވަންސް 17,000 ރުފިޔާއަށް ބަދަލުކުރީ ކަމަށެވެ. 

" ޕީއެންސީގެ މެމްބަރުންނަކީ ވަކި އޯޑަރަކަށް ތަބާވާ "ބޮޓުން" ތަކެއް ނޫން. ޕީއެންސީގެ މެންބަރުންނަށް މިނިވަންކަމާއެކު ވާހަކަދެއްކުމުގެ ފުރުސަތު އޮންނާނެ" ފަލާހް ވިދާޅުވި އެވެ،

ފަލާހް އިތުރަށް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ދަތިކަމެއް ކުރިމަތި ނުވާނެހެން ޒަރޫރީ ހުރިހާ ބޭނުންތަކެއް ފުއްދައިދެމުންދާ ކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ގިނަ މަޝްރޫއުތައްވެސް ހިންގަމުންދާ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަޖިލީހުގެ ރައީސްގެ މުސާރައަށް ބަދަލު ގެނައީ ތިންބާރުގެ ހަމަހަމަކަން ގާއިމުކުރުމަށް: ފަލާހްޚަބަރު | ގަޑިއިރެއް ކުރިންރަސްމާލެ މަޝްރޫއާ ގުޅުވައި ކިތަންމެ ދޮގެއް ފެތުރިޔަސް ރައްޔިތުން ނުހެއްލޭނެ: ފަލާހުޚަބަރު | 20 ދުވަސް ކުރިންޔާމީން މަސައްކަތް ކުރައްވަނީ ރައީސް މުޢިއްޒަށް އޮތް ހަސަދަވެރިކަމެއްގެ ސަބަބުން ތަރައްޤީ ހުއްޓުވަން: ފަލާޙްޚަބަރު | މަހެއް ކުރިންފަލާހު ޔާމީނަށް: ވެރިކަމުގެ ވަސްވެސް ދުވާހިސާބަކަށް ދެން ނާދެވޭނެޚަބަރު | މަހެއް ކުރިން