ފަލާހު ޔާމީނަށް: ވެރިކަމުގެ ވަސްވެސް ދުވާހިސާބަކަށް ދެން ނާދެވޭނެ
25 ސެޕްޓެމްބަރު 2026 - 11:57

ޤަޢުމުގެ ޚަޒާނާކާލައިގެންހުރި މީހަކަށް ދެންވެރިކަމުގެ ވަސްވެސް ދުވާހިސާބަކަށްނާދެވޭނެ ކަމަށް ބުނެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ކުރިގެ ރައީސް ޔާމީނަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ފަލާހު މިހެން ވިދާޅުވީ ޕީއެންއިން ރޭ ބޭއްވި ފްރަންޓު އޮފީސް ބައްދަލުވުމުގައި ރަސްމާލެ މަޝްރޫއާ ގުޅިގެން ޔާމީނު ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.
.png&w=750&q=75)
Ad by Hajj Corporation
ޔާމީން ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށާއި ރަސްމާލެ މަޝްރޫއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެ އެއްބަސްވުމަކީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށާއި، ކުރިއަށް އޮތް ސަރުކާރަކުން އެ އެއްބަސްވުން ބާތިލުކުރަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުގެ ފަރާތުން ފެންނަމުންދަނީ ހަމައެކަނި ރައްޔިތުންނަށް ދޮގު ހެދުމާއި އެކި ގޮތްގޮތުން ފައިސާ ހޯދުމަށް ކުރަމުންދާ މަސައްކަތްތައް އެކަނި ކަމަށެވެ. އަދި ގައުމުގެ ކަންކަން ހިންގުމުގައި ވެރިންގެ ކިބައިގައި އެއްވެސް އިހްލާސްތެރިކަމެއް ނެތް ކަމަށް ވެސް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ..
ޔާމީނުގެ މި ވާހަކަތައް ރައްދު ދެއްވަމުން ފަލާހު ވިދާޅުވީ އަމިއްލައަށް ވެރިކަން ކުރި ގޮތް ހަނދާންކޮށްލުމަށްފަހު ކަރުދާސްކޮޅެއްގައި "ރައީސް" ގެ ނަން ޖަހައިގެން ބޯދަށަށް ލައިގެން ނިދާލުން މާ ރަނގަޅުވާނެ ކަމަށެވެ. އަދި މިހާރު ޔާމީން އެ އުޅުއްވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި މި ގައުމަށް ލިބެމުންދާ ކުރިއެރުމާއި ކާމިޔާބީ އެއްގޮތަކަށްވެސް ހަޖަމުނުވެގެން ކަމަށްވެސް ފަލާހު ވަނީ ވިދާޅުވެފައެވެ.
"އިއްޔެބުނީރަސްމާލެޕްރޮޖެކްޓަކީ ވަރަށްބޮޑުވޭސްޓެއްކަމަށް ބޭކާރުޚަރަދެއްކަމަށް. ނަމަވެސްމިޤަޢުމުގައި ދުވަހަކުވެސްހިންގާފައިނުވާފަދަ ބިޔަބޮޑު ޕްރޮޖެކްޓެއްފައްޓަންނިންމުމުން" ފަލާހް ވިދާޅުވިއެވެ.
އަދި ޔާމީން އުޅުއްވަނީ މި ސަރުކާރުން ގައުމަށް ގެންނަ ކުރިއެރުމާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކާމިޔާބީ ހަޖަމުނުވެގެން ކަމަށް ވެސް ފަލާހް ވިދާޅުވިއެވެ.


