logo
Bank of Maldives

Bank of Maldives

ޚަބަރު

މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭ ޒިންމާދާރު މީޑިޔާއެއް އޮތުމަކީ ރައްޔިތުންގެ ޙައްޤެއް: ރައީސް

ޒިދާން މުޙައްމަދު
6 ފެބްރުއަރީ 2026 - 06:50
މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭ ޒިންމާދާރު މީޑިޔާއެއް އޮތުމަކީ ރައްޔިތުންގެ ޙައްޤެއް: ރައީސް

ސައްތައިން ސައްތަ އިސްލާމީ މުޖުތަމަޢެއްގައި ހިފަހައްޓަން ޖެހޭނޭ މިންގަނޑުތައް އަބަދުމެ ހިފަހައްޓަމުން، ފަސް ކާފު ހަމަ، ތެދު ޚަބަރާއި މަޢުލޫމާތު ރައްޔިތުންނަށް ފޯރު ކޮށްދޭ ޒިންމާދާރު މީޑިޔާއެއް އޮތުމަކީ ރައްޔިތުންގެ ޙައްޤެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، މި ސަރުކާރުން، ރައްޔިތުންގެ މި މުހިންމު ޙައްޤު ކަށަވަރު ކޮށްދިނުމުގައި ސާބިތުވެ ދެމި އޮންނާނެކަމުގެ ޔަގީންކަންދެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިހިނގާ 2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް، ރައްޔިތުންގެ މަޖިލީސްކުރާ ގޭގައި މިއަދު ހެނދުނު އޮތް މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމުގައި ހަމަޖެހުން ޤާއިމްވެގެން ދިޔުމުގައި އަދި، ތަރައްޤީ ގެ ދުވެލި ރައްޔިތުންނަށް ހާމަކޮށްދިނުމުގައި، އަދި ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގައި ހަރުދަނާ މީޑިއާއެއް ޤައުމުގައި ޤާއިމްވެފައި އޮތުމަކީ ނުހަނު މުހިއްމު ކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި ސަރުކާރުން މީޑިއާތަކަށް ފަހި މާހައުލެއް ގާއިމުކޮށްދެއްވުމަށް ކުރައްވަމުންގެންދަވާ ބައެއް މުހިންމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އެގޮތުން، ރާއްޖޭގެ ތާރީޚުގައި އަލަށް، ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޫކޮށްފައިވަނީ މިސަރުކާރުގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ސަރުކާރުން މިހާރު ވަނީ 40 މީޑިއާއަކަށް 27،295،532.69 ރުފިޔާ ދޫކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މީޑިޔާތަކުން ބޮޑު ކުލީގައި އޮފީހާއި ސްޓޫޑިއޯ ޖާގަ ކުއްޔަށް ނަގަން މަޖުބޫރުވެފައިވާތީ، މާލީގޮތުން ކުރިމަތިލާންޖެހިފައި އޮންނަ މި ދަތި ޙާލަތުން އަރައިގަނެ، ލިބޭ އާމްދަނީ އިން މީޑިއާ އިތުރަށް ތަރައްޤީކޮށް ކުރިއަރައިގެން ދިޔުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން، ވަރަށް ކުޑަ އަގެއްގައި ކުއްޔަށް ނެގޭނޭ އޮފީސް އަދި ސްޓޫޑިއޯ ޖާގަ ހިމެނޭ މީޑިއާ ވިލެޖްގެ މަސައްކަތް ވަރަށް ހަލުއި ދުވެލީގައި ކުރިޔަށްދާކަން ހާމަކުރެއްވިއެވެ. އަދި ހުޅުމާލޭގެ ފޭސް 1 ގައި ހަދަމުންދާ މި މީޑިއާ ވިލެޖް ގައި 34 ޖާގަ ހިމެނޭނެކަމަށާއި މިތަން ނިމި، މީޑިއާތަކަށް މިތަނުގެ ބޭނުން ހިފުމުގެ ފުރުސަތު މި އަހަރުގެ މެދު ތެރޭގައި އިރާދަކުރެއްވިއްޔާ ހުޅުވާލެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެންމެ އިސްކަމެއް ދޭންޖެހޭނީ، ޖިސްމާނީގޮތުން ހަށިހެޔޮ ރައްޔިތަކަށްވުމަށް: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންމަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭ ޒިންމާދާރު މީޑިޔާއެއް އޮތުމަކީ ރައްޔިތުންގެ ޙައްޤެއް: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންކުޅުންތެރީންނަށް ޚާއްޞަ ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭން ފައްޓަވައިފިޚަބަރު | 2 ގަޑިއިރު ކުރިން''އިސްލާމީ އުސޫލު އިސްކޮށް އިސްލާމީ ދާއިރާއިން ކާމިޔާބު ގިނަގުނަ މަސައްކަތްތައް ކުރުމުގައި ފަސްޖެހުމެއްނެތް''ރިޕޯޓް | 2 ގަޑިއިރު ކުރިން