logo
Bank of Maldives

Bank of Maldives

ޚަބަރު

އެންމެ އިސްކަމެއް ދޭންޖެހޭނީ، ޖިސްމާނީގޮތުން ހަށިހެޔޮ ރައްޔިތަކަށްވުމަށް: ރައީސް

ޒިދާން މުޙައްމަދު
6 ފެބްރުއަރީ 2026 - 06:54
އެންމެ އިސްކަމެއް ދޭންޖެހޭނީ، ޖިސްމާނީގޮތުން ހަށިހެޔޮ ރައްޔިތަކަށްވުމަށް: ރައީސް

ބަލިބަލިން ރައްކާތެރިވުމުގެ ސިޔާސަތު ތަންފީޒު ކުރުމުގައި އެންމެ އިސްކަމެއް ދޭންޖެހޭނީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލިތަކުން ރައްކާތެރިވެ ޖިސްމާނީގޮތުން ހަށިހެޔޮ ރައްޔިތަކަށް ވުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީސް، މި ހިނގާ 2026 ވަނަ އަހަރަށް ހުޅުވުމަށް މިއަދު ހެނދުނު އޮތް ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިގޮތުން، ކުޅިވަރު ކުޅޭނެ ވަސީލަތްތައް ގާއިމުކުރުމަށް، މިދިޔަ އަހަރު މި ސަރުކާރުން ޢަމަލީ މަސައްކަތް ފެށި، 33 މަޝްރޫޢެއްގެ މަސައްކަތް، ނިންމާފައިވާ ކަމަށާ، މި ސަރުކާރު ޙާވާލުވި އިރު ނުނިންމައިހުރި 59 މަޝްރޫޢެއް މިދިޔައަހަރު ނިންމާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން މި ސަރުކާރުން ފެށި ކުޅިވަރާ ހަށިހެޔޮކަމުގެ 879 މަޝްރޫޢެއްގެ މަސައްކަތް އެކި މަރުޙަލާގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

މި ހުރިހާ މަޝްރޫޢެއްވެސް، ކުރިޔަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ނިންމާ ޙަވާލު ކުރެވޭނެކަމަށާ، މީގެ ތެރޭގައި ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން މަރުކަޒުތައް ޤާއިމްކޮށް، ހުޅުވުމާއި، އިންޑޯ ކުޅިވަރުތައް ކުޅޭ، 1200 މީހުންނަށް އެއްފަހަރާ ކުޅިބަލަން ތިބެވޭ ޖާގަހިމެނޭ، ޒަމާނީ، 16 ސްޕޯޓްސް ކޮމްޕްލެކްސް، ހުޅުމާލޭގެ ދެ ފިޔަވައްސާއި ވިލިމާލެ ހިމެނޭހެން، ރާއްޖޭގެ އެކި ރަށްރަށުގައި ހުޅުވުން ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރަށް، އިންލައިން ސްޕީޑް ސްކޭޓިންގ ރިންގަކާއި އެކު، ސްކޭޓް ޕާރކް އެރީނާއެއް ހެދުމުގެ މަސައްކަތް ރޭވިފައިވާ ކަމަށާ، މާލޭ އުސްފަސްގަނޑު ސަރަޙައްދުގައި ޤާއިމްކުރެވޭ، މި ސްކޭޓް ޕާކް އެރީނާ ވެގެންދާނީ، ދިވެހިރާއްޖޭގައި ސްކޭޓް ކުރުމުގެ ކުޅިވަރު ކުރިއެރުވުމަށް ގެނެވޭނެ، ބޮޑު ކުރިއެރުމަކަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ރޭސިންގ އާއި ޑްރިފްޓިންގ އަށް ޚާއްޞަ އެރީނާ ޤާއިމްކުރުމަށްޓަކައި، ބިން ހިއްކުމުގެ މަސައްކަތް މިއަހަރުގެ މާޗް މަހުގެ ތެރޭގައި ފެށިގެން ކުރިޔަށްދާނެކަމަށާއި، އަދި، ބައިނަލްއަޤުވާމީ މެޗުތައް ބޭއްވޭ ފެންވަރުގެ އިންޑޯ ފުޓްސެލް ސްޓޭޑިއަމެއް، ހިމެނޭހެން އިތުރު 4 އިންޑޯރ ޓްރެއިނިންގ ޕިޗާއެކު ސްޓޭޓް އޮފް ދި އާރޓް، މަލްޓި ސްޓޯރީ ފުޓްސެލް ކޮމްޕްލެކްސަކާއި، ބައިނަލްއަޤުވާމީ މެޗުތައް ބޭއްވޭ ފެންވަރުގެ، އިންޑޯ ނެޓްބޯޅަ ސްޓޭޑިއަމެއް ހިމެނޭހެން، އިތުރު ހަތަރު އިންޑޯރ ޓްރެއިނިންގ ޕިޗާއެކު، ސްޓޭޓް އޮފް ދި އާރޓް މަލްޓި ސްޓޯރީ ނެޓްބޯޅަ ކޮމްޕްލެކްސެއް ހުޅުމާލޭގައި ޢިމާރާތްކުރުމުގެ މަސައްކަތްވެސް މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ފެށިގެން ދާނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

މާލޭގައި އީ ސްޕޯރޓްސް ސެންޓަރެއް ޤާއިމް ކުރުމުގެ މަސައްކަތާއި، އާރކޭޑް ކުޅިވަރުތަކާއި ބޯލިންގ އެރީނާ އަކާއި ކުޑަކުދީންގެ އިންޑޯ އެކްޓިވިޓީޒް ކޮމްޕްލެކްސް އެއް ޤާއިމް ކުރުމުގެ މަސައްކަތް ވެސް މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ފެށޭނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެންމެ އިސްކަމެއް ދޭންޖެހޭނީ، ޖިސްމާނީގޮތުން ހަށިހެޔޮ ރައްޔިތަކަށްވުމަށް: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންމަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭ ޒިންމާދާރު މީޑިޔާއެއް އޮތުމަކީ ރައްޔިތުންގެ ޙައްޤެއް: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންކުޅުންތެރީންނަށް ޚާއްޞަ ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭން ފައްޓަވައިފިޚަބަރު | 2 ގަޑިއިރު ކުރިން''އިސްލާމީ އުސޫލު އިސްކޮށް އިސްލާމީ ދާއިރާއިން ކާމިޔާބު ގިނަގުނަ މަސައްކަތްތައް ކުރުމުގައި ފަސްޖެހުމެއްނެތް''ރިޕޯޓް | 2 ގަޑިއިރު ކުރިން