logo
Bank of Maldives

Bank of Maldives

ވިޔަފާރި

ބީއެމްއެލްގެ އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް އަމާޒުކޮށް ޕްރޮމޯޝަނެއް ފަށައިފި

އާމިނަތު ޝަފާ
15 ސެޕްޓެމްބަރު 2025 - 10:05
ބީއެމްއެލްގެ އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް އަމާޒުކޮށް ޕްރޮމޯޝަނެއް ފަށައިފި

ބޭންކް އޮފް މޯލްޑިވްސްގެ އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް އަމާޒުކޮށް 50،000 ރިވަރޑް ޕޮއިންޓް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ 15 ސެޕްޓެންބަރުން 14 އޮކްޓޫބަރުގެ ނިޔަލަށެވެ. ބީއެމްއެލްއިން ބުނީ މި މުއްދަތުގެ ތެރޭގައި ބީއެމްއެލް އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑުތަކުން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެކަމަށެވެ. މިގޮތުން ބަލައިގަންނާނީ ބީއެމްއެލް ކާޑު މެޝިން އަދި ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ކުރާ ވިޔަފާރިތަކެވެ. ޕްރޮމޯޝަން ނިމުމުން، 50،000 ބީއެމްއެލް ރިވޯޑްސް ޕޮއިންޓް ލިބޭ 50 ނަސީބުވެރީން ހޮވާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Amex promotion (2).png

 

8،000 އަށް ވުރެ ގިނަ މަރޗެންޓުންނާއެކު ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. ބީއެމްއެލް އެމެކްސް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް، މި ބޭންކުގެ ޕާޓްނަރ މަރޗެންޓުން ދެމުންދާ ޑިސްކައުންޓްތަކާއި އީޒީޕޭ އިންސްޓޯލްމެންޓް ޕްލޭން ހިމެނެއެވެ. އަދި މީގެ އިތުރުން ކްރެޑިޓް ކާޑުތަކުން ކުރާ ވިޔަފާރިތަކަށް ބީއެމްއެލް ރިވާޑްސް ޕޮއިންޓް ލިބުން ފަދަ ހާއްސަ ފައިދާތައް ލިބެއެވެ. ބީއެމްއެލް ރިވާޑްސް ޕޮއިންޓް ބޭނުންކޮށްގެން އެއާލައިނުން ޓިކެޓު ނެގުމާއި ހޮޓެލް ބުކް ކުރުމާއި ކާރު ކުއްޔަށް ނެގުމާއި މަޝްހޫރު ބްރޭންޑްތަކުގެ ގިފްޓްކާޑާއި ރާއްޖޭގެ ބައެއް ވިޔަފާރިތަކުގެ ވައުޗަރވެސް ލިބޭނެއެވެ.

ބީއެމްއެލްގެ މޮބައިން ބޭންކިންގ އެޕް ނުވަތަ އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް ކަސްޓަމަރުންނަށް ކާޑަށް އެދި ހުށަހެޅޭނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީއެމްއެލްގެ އިންޓަރންޝިޕް ޕްރޮގްރާމަށް ހުޅުވާލައިފިވިޔަފާރި | 6 ގަޑިއިރު ކުރިންބީއެމްއެލްގެ އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް އަމާޒުކޮށް ޕްރޮމޯޝަނެއް ފަށައިފިވިޔަފާރި | ދުވަހެއް ކުރިންބީއެމްއެލް ވާއު ކިޑްސް ރަން ކާމިޔާބުކަމާއެކު ނިންމާލައިފިކުޅިވަރު | 4 ދުވަސް ކުރިންބީއެމްއެލްއާއި މޯޕާ ގުޅިގެން ޕްލާސްޓިކް ރިސައިކަލް ކުރުމުގެ ޕްރޮޖެކްޓެއް ހިންގަނީޚަބަރު | 6 ދުވަސް ކުރިން