logo
Bank of Maldives

Bank of Maldives

ވިޔަފާރި

ބީއެމްއެލްގެ އިންޓަރންޝިޕް ޕްރޮގްރާމަށް ހުޅުވާލައިފި

އައިޝަތު ނަޝާ
16 ސެޕްޓެމްބަރު 2025 - 11:33
ބީއެމްއެލްގެ އިންޓަރންޝިޕް ޕްރޮގްރާމަށް ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް-ބީއެމްއެލް އިން މި އަހަރުގެ އިންޓަރންޝިޕް ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. 

މި ޕްރޮގްރާމަކީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް 12 މަސްދުވަހުގެ މުއްދަތަކަށް ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ ޕްރޮގްރާމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބީއެމްއެލް އިން ބުނީ މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް އެކި ދާއިރާގެ ގްރެޖުއޭޓުންނަށް ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ. އަދި މި އަހަރު، އައިޓީ ދާއިރާއިން ތައުލީމު ހާސިލުކުރާ ދަރިވަރުންނާއި ގްރެޖުއޭޓުންނަށް ހާއްސަކޮށްފައިވާ "ޓެކް ސްޓާޓް" އިންޓަރންޝިޕް އަށްވެސް ހުޅުވާލާފައިވާ ކަމަށެވެ.

މީގެ އިތުރުން ބީއެމްއެލް އިން ބުނީ ގްރެޖުއޭޓް އިންޓަރންޝިޕް އިން 15 ބައިވެރިންނަށް ބޭންކުގެ އެކި ޑިވިޜަންތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބި، ޓެކް ސްޓާޓް އިންޓަރންޝިޕުން 10 ބައިވެރިންނަށް ބޭންކުގެ ޓެކްނޮލޮޖީ ޑިވިޜަންގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެކަމަށް ބޭންކުން މައުލޫމާތުދެއެވެ.

މި އަހަރުން ފެށިގެން ގްރެޖުއޭޓް އިންޓަރންސް އަށް ކޮންމެ މަހަކު ލިބޭ އެލަވަންސް 9،000 ރުފިޔާއަށް ބޮޑުކޮށްފައިވާއިރު، ޓެކް ސްޓާޓް އިންޓަރންސްއަށް މަހަކު 11،000 ރުފިޔާގެ އެލަވަންސެއް ލިބޭނެ ކަމަށް ވެސް މީއެމްއެލް އިން ބުނެއެވެ.  

ބޭންކުން ބުނީ 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް 77 އިންޓަރންސް އަށް ތަޖުރިބާގެ ފުރުސަތު ފަހިކޮށްދިނުމުގެ އިތުރުން ބައެއް އިންޓަރންސް އަށް ބޭންކުގެ ދާއިމީ ވަޒީފާގެ ފުރުސަތުވެސް ލިބިފައި ވާކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީއެމްއެލްގެ އިންޓަރންޝިޕް ޕްރޮގްރާމަށް ހުޅުވާލައިފިވިޔަފާރި | 5 ގަޑިއިރު ކުރިންބީއެމްއެލްގެ އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް އަމާޒުކޮށް ޕްރޮމޯޝަނެއް ފަށައިފިވިޔަފާރި | ދުވަހެއް ކުރިންބީއެމްއެލް ވާއު ކިޑްސް ރަން ކާމިޔާބުކަމާއެކު ނިންމާލައިފިކުޅިވަރު | 4 ދުވަސް ކުރިންބީއެމްއެލްއާއި މޯޕާ ގުޅިގެން ޕްލާސްޓިކް ރިސައިކަލް ކުރުމުގެ ޕްރޮޖެކްޓެއް ހިންގަނީޚަބަރު | 6 ދުވަސް ކުރިން