logo
ޚަބަރު

އައި.އޭ.އީ.އޭގެ މެންބަރަކަށްވުމަށް ރާއްޖެއިން ހުށަހަޅާފައިވާ އެޕްލިކޭޝަން ބަލައިގެންފި

އައިޝަތު ނަޝާ
15 ސެޕްޓެމްބަރު 2025 - 12:52
އައި.އޭ.އީ.އޭގެ މެންބަރަކަށްވުމަށް ރާއްޖެއިން ހުށަހަޅާފައިވާ އެޕްލިކޭޝަން  ބަލައިގެންފި

އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީ (އައި.އޭ.އީ.އޭ.) ގެ މެންބަރު ޤައުމަކަށްވުމަށް އެދި ދިވެހިރާއްޖެއިން ހުށަހެޅި އެޕްލިކޭޝަން ބަލައިގަތުމަށް އެ ޖަމުޢިއްޔާއިން މިއަދު ފާސްކޮށްފިއެވެ.

އައި.އޭ.އީ.އޭ. ގެ ސިޔާސަތުތައް ކަނޑައަޅާ އެ އެޖެންސީގެ އެންމެ މަތީ ގުނަވަންކަމުގައިވާ ޖެނެރަލް ކޮންފަރެންސް އިން މިނިންމުން ނިންމާފައިވަނީ މިމަހުގެ 15 އިން 19 އަށް އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ކުރިއަށްދާ އެ ކޮންފަރެންސްގެ 69 ވަނަ ޢާންމު ބައްދަލުވުމުގައެވެ. މިއީ އައި.އޭ.އީ.އޭ. ގެ ފުރިހަމަ މެންބަރުކަން ހޯދުމަށް ދިވެހިރާއްޖެއިން ފުރިހަމަކުރަންޖެހޭ ފުރަތަމަ ފިޔަވަޅެވެ.

Ad by Hajj Corporation

Ad by Hajj Corporation

އައި.އޭ.އީ.އޭ. ގެ ޖެނެރަލް ކޮންފަރެންސްގެ މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހިރާއްޖޭގެ ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އެވެ. އެގޮތުން، އައި.އޭ.އީ.އޭ. ގެ މެންބަރު ޤައުމުތަކުގެ ފުރިހަމަ އަޣުލަބިއްޔަތުން ދިވެހިރާއްޖެއިން ހުށަހަޅާފައިވާ އެޕްލިކޭޝަން ބަލައިގަތުމާއެކު، އެމްބެސެޑަރ ޑރ. ސަލްމާ ރަޝީދު ވަނީ ކޮންފަރެންސްގެ ބައިވެރިންނާ މުޚާތަބުކުރައްވައި ތަޤުރީރުކުރައްވާފައެވެ.

އެމްބެސެޑަރ ޑރ. ސަލްމާ ރަޝީދު ވަނީ، އެކަމަނާގެ ވާހަކަފުޅުގައި، ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ޙިއްސާކުރައްވައި އެކަންކަމުން އަރައިގަތުމަށް ސައިންސްގެ ޒަރިއްޔާއިން ހައްލު ހޯދުމަށް، ބައިނަލްއަޤުވާމީ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެކަމަނާ ވަނީ އައި.އޭ.އީ.އޭ. ގެ މެންބަރުކަން ދިވެހިރާއްޖެއަށް ލިބުމަކީ ޤައުމީ ފެންވަރުގައި ޙާސިލުކުރެވޭ މުހިންމު ކުރިއެރުމެއް ކަމަށް ބަޔާންކުރައްވައި، މިކަމަކީ ދުނިޔޭގެ ސަލާމަތާއި ތަރައްޤީ ކަށަވަރުކުރުމަށް ކުދި ޤައުމުތަކުން އަދާކުރަމުންދާ ދައުރު ބައިނަލްއަޤުވާމީ މުޖުތަމައުން ބަލައިގަންނަކަމުގެ ހެއްކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. މީގެ އިތުރުން އެމްބެސެޑަރ ޑރ. ސަލްމާ ރަޝީދު ވަނީ އައި.އޭ.އީ.އޭ. އާ ގުޅުމާއެކު، ސިއްޙަތާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދާއިރާތަކުގެ އިތުރުން މީހުން ބިނާކުރުމުގެ ދާއިރާއިން އެ އެޖެންސީގެ ފަންނީ އެހީ ހޯދުމަށް ފުރުޞަތުތައް ހުޅުވިގެންދާނެކަންވެސް ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖެއިން އައި.އޭ.އީ.އޭ. ގެ މެންބަރު ޤައުމަކަށް ވުމަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުއެވެ. ދިވެހިރާއްޖެއިން އައި.އޭ.އީ.އޭ. ގެ މެންބަރަކަށްވުމުގެ މަޤްސަދުތަކުގެ ތެރޭގައި, ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންވާ ނިއުކްލިއަރ މެޑިސިން އަދި ރޭޑިއޭޝަން މެޑިސިން ފުޅާކޮށް ކުރިއެރުވުމަށާއި ދެމެހެއްޓެނިވި ތަރައްޤީ ޙާސިލުކުރުމަށް ބޭނުންވާ ޓެކްނޮލޮޖީގެ ވަސީލަތްތައް ހޯދުމަށް އެ އޭޖެންސީގެ އެހީ ހޯދުން ހިމެނެއެވެ.

އައި.އޭ.އީ.އޭ. އަކީ އަސްކަރީ މަޤްޞަދުތަކަށް ނިއުކްލިއަރ ހަކަތައާއި ޓެކްނޮލޮޖީ ބޭނުންކުރުން ހުއްޓުވުމަށް ބައިނަލްއަޤުވާމީ މިންގަނޑުތައް ކަނޑައަޅައި، ސައިންސްގެ ދާއިރާއިން ދޭދޭ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް1957 ވަނަ އަހަރު ޤާއިމުކުރެވުނު ބައިނަލްއަޤުވާމީ ޖަމުޢިއްޔާއެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައި.އޭ.އީ.އޭގެ މެންބަރަކަށްވުމަށް ރާއްޖެއިން ހުށަހަޅާފައިވާ އެޕްލިކޭޝަން ބަލައިގެންފިޚަބަރު | 8 ގަޑިއިރު ކުރިންފީއަލީ ހޮސްޕިޓަލުގެ މަސައްކަތް ފެށީ މި ވެރިކަމުގައި، އެމްޑީޕީ ވެރިކަމަކު ނޫން: ވަޒީރު ހަލީލްޚަބަރު | 3 ދުވަސް ކުރިންނޭޕާލްގެ ޙާލަތު ރަނގަޅު ވަންދެން އެގައުމަށް ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފިޚަބަރު | 6 ދުވަސް ކުރިންއިސްރާއީލުން ޣައްޒާ ބަނޑަށްޖައްސައި އިސްތިއުމާރުކުރުން ކުށްވެރިކޮށްފި ޚަބަރު | 21 ދުވަސް ކުރިން