logo
Bank of Maldives

Bank of Maldives

ޚަބަރު

ވަޒީރު ހަލީލް ރަސްމީ ދަތުރުފުޅެއްގައި ވިއެޓްނާމަށް ވަޑައިގެންފި

އައިމިނަތު މޫސާ
24 އޮކްޓޯބަރު 2025 - 10:28
ރަސްމީ ދަތުރުފުޅެއްގައި ވަޒީރު ހަލީލް ވިއެޓްނާމަށް ވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ވިއެޓްނާމަށް ވަޑައިގެންފިއެވެ.

ވަޒީރު ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވިއެޓްނާމްގެ ހަނޯއީއަސް މިހާރު ވަޑައިގެންފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ގައުމަށް ވަޒީރު ހަލީލް ވަޑައިގެންނެވީ ސައިބާ ކްރައިމާއި ދެކޮޅަށް ޔުނައިޑެޓް ނޭޝަންސްގެ ގައުމުތަކުން އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ. އަދި މީގެ އިތުރުންވެސް ރާއްޖެއިން އިސްކަންދޭ ދާއިރާތަކުން އިތުރަށް ގުޅުންބަދަހިކުރުމާ ގުޅޭގޮތުން ވިއެޓްނާމް ސަރުކާރުގެ ކަމާބެހޭ އިސް ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވަޒީރުގެ ޕޯސްޓުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

އެ ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި ވިއެޓްނާމާއި ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވަޒީރު ހަލީލް ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފްރެންޑް 4" ދޯނި އަޑިއަށްދިޔަ ހާދިސާ: ގެއްލުނު މީހުން ހޯދަން ބޭރުގެ އެހީއަށް އެދިއްޖެޚަބަރު | 3 ގަޑިއިރު ކުރިން 42 ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރަން އިންޑިއާއާއެކު އެއްބަސްވުމަކަށްޚަބަރު | 20 ދުވަސް ކުރިންބަޙްރެއިން އަދި ކުވޭތަށް ދިން ޑްރޯން ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފިދުނިޔެ | 2 މަސް ކުރިންދިވެހިންނަށް ވިސާ އާ ނުލައި އަޒަރުބައިޖާން އަށް މިހާރު ދަތުރުކުރެވޭނެޚަބަރު | 3 މަސް ކުރިން