logo
Bank of Maldives

Bank of Maldives

ޚަބަރު

ދިވެހިންނަށް ވިސާ އާ ނުލައި އަޒަރުބައިޖާން އަށް މިހާރު ދަތުރުކުރެވޭނެ

އައިޝަތު ނަޝާ
29 އޭޕްރީލު 2026 - 08:10
ދިވެހިންނަށް ވިސާ އާ ނުލައި އަޒަރުބައިޖާން އަށް މިހާރު ދަތުރުކުރެވޭނެ

އަޒަރުބައިޖާން އަށް ދަތުރުކުރާ ދިވެހިންނަށް ވިސާ އާ ނުލައި ނުވަދިހަ ދުވަހުގެ މުއްދަތަށް އެ ޤައުމަށް ޒިޔާރަތް ކުރެވޭގޮތަށް މިއަދުން ފެށިގެން ހަމަޖެހިގެންދާނެ ކަމަށް ހާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން ބުނީ،24 ސެޕްޓެމްބަރ 2025 ގައި ދިވެހިރާއްޖެ އާއި އަޒަރުބައިޖާން އާ ދެމެދު ސޮއިކޮށްފައިވާ ވިސާ އެގްޒެމްޝަން އެއްބަސްވުމަށް މިއަދު ޢަމަލުކުރަން ފެށުމާ އެކު، އޯރޑިނަރީ ޕާސްޕޯޓުގައި ދިވެހިންނަށް ގިނަވެގެން ނުވަދިހަ ދުވަހުގެ މުއްދަތަށް އަޒަރުބައިޖާންގައި ވިސާ އާ ނުލައި މަޑުކުރެވޭނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، 18 ޖޫން 2025 އިން ފެށިގެން ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓުގައި ވެސް ވިސާ އާ ނުލައި އަޒަރުބައިޖާނަށް ދަތުރު ކުރެވޭގޮތަށް ވަނީ ދެ ޤައުމުގެ ދެމެދުގައި ކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ހަމަޖެހިފައި ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވއެވެ.

ނަމަވެސް، އެ ޤައުމުގައި ދިގު މުއްދަތަކަށް ތިބުމަށާއި، ވަޒީފާ އަދާކުރުމާއި ތަޢުލީމް އުނގެނުމަށް ނުވަތަ ވިޔަފާރި ކުރަން ގަސްދުކުރާ ފަރާތްތަކުން ދަތުރުކުރުމުގެ ކުރިން ކަނޑައެޅިފައިވާ ވިސާއެއް ހޯދަންޖެހޭނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

އެ ޒުވާރާއިން ދެކޭގޮތުގައި،މި އެއްބަސްވުމަށް ޢަމަލުކުރަން ފެށިގެން ދިއުމަކީ ދިވެހީންނަށް ވިސާ އާ ނުލައި އަޒަރުބައިޖާން އަށް ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ދިވެހި ސަރުކާރުން ކުރަމުން ގެންދިޔަ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީ އެއްކަމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހިންނަށް ވިސާ އާ ނުލައި އަޒަރުބައިޖާން އަށް މިހާރު ދަތުރުކުރެވޭނެޚަބަރު | 2 ގަޑިއިރު ކުރިންރާއްޖޭގެ ތަރައްގީއަށް ޗައިނާއިން 600 މިލިއަން ރެންމިންބިންގެ ހިލޭ އެހީ ދެނީ ޚަބަރު | 4 މަސް ކުރިންޗައިނާއާއެކު ފަތުރުވެރިކަމުގެ ދާއިރާގެ ގުޅުން ބަދަހިކުރުމަށް ފޯރަމެއް ބާއްވަނީޚަބަރު | 4 މަސް ކުރިންސިިޑްނީގެ ބޮންޑައި ބީޗުގައި ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި ޚަބަރު | 4 މަސް ކުރިން