logo
Bank of Maldives

Bank of Maldives

ދުނިޔެ

ބަޙްރެއިން އަދި ކުވޭތަށް ދިން ޑްރޯން ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

އައިޝަތު ނަޝާ
4 ޖޫން 2026 - 04:59
ބަޙްރެއިން އަދި ކުވޭތަށް ދިން ޑްރޯން ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

ބަޙްރެއިން އަދި ކުވޭތުގެ އާއްމުން ދިރިއުޅޭ ތަންތަނާއި މުހިއްމު އިންފްރާސްޓްރަކްޗާތަކަށް މިސައިލާއި ޑްރޯން އިން ދިން ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ހާރިޖީ ވުޒާރާއިން ބުނީ، ދިވެހިރާއްޖޭން ދެކޭގޮތުގައި މި ހަމަލާތަކަކީ ބަޙްރެއިން އަދި ކުވޭތުގެ ސިޔާދަތަށް ހުރަސްހެޅި އަދި ސަރަހައްދީ ހަމަޖެހުމަށް ނުރައްކާ ތެރިކަމެއްގެ ގޮތުގައިކަަމށެވެ. އަަދި ދިވެހިރާއްޖޭން އަބަދަވެސް ބަޙްރެއިން އަދި ކުވޭތާ އެކުގައި ވާ ކަމަށާއި އެ ދެގައުމުގެ ސިޔާދަތު ރައްކާތެރި ކުރުމަށާއި ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަމަށް އަޅާ ހުރިހާ ފިޔަވަޅުތަކަކަށް ދިވެހިރާއްޖޭން ފުރިހަމައަށް ތާއީދު ކުރާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން އެ ސަރަޙައްދުގެ ސުލްހަޔާއި، ހަމަޖެހުމާއި، އަދި ރައްކާތެރިކަން އަލުން ޤާއިމުކުރުމަށްޓަކައި، ވަގުތުން ހަމަލާތައް ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުރަމުންދާ ސިޔާސީ އަދި ޚާރިޖީ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފްރެންޑް 4" ދޯނި އަޑިއަށްދިޔަ ހާދިސާ: ގެއްލުނު މީހުން ހޯދަން ބޭރުގެ އެހީއަށް އެދިއްޖެޚަބަރު | މަހެއް ކުރިން 42 ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރަން އިންޑިއާއާއެކު އެއްބަސްވުމަކަށްޚަބަރު | 2 މަސް ކުރިންބަޙްރެއިން އަދި ކުވޭތަށް ދިން ޑްރޯން ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފިދުނިޔެ | 4 މަސް ކުރިންދިވެހިންނަށް ވިސާ އާ ނުލައި އަޒަރުބައިޖާން އަށް މިހާރު ދަތުރުކުރެވޭނެޚަބަރު | 5 މަސް ކުރިން