logo
Bank of Maldives

Bank of Maldives

ޚަބަރު

ބައިނަލްއަޤްވާމީ މައިދާނުގައި އާޓިފިޝަލް އިންޓެލިޖެންސް ތަންފީޒުކުރުމަށް ރާއްޖެއިން ގޮވާލައިފި

އައިމިނަތު މޫސާ
26 ސެޕްޓެމްބަރު 2025 - 16:54
ބައިނަލްއަޤްވާމީ މައިދާނުގައި އާޓިފިޝަލް އިންޓެލިޖެންސް ތަންފީޒުކުރުމަށް ރާއްޖެއިން ގޮވާލައިފި

ޒިންމާދާރު ގޮތެއްގައި ބައިނަލްއަޤްވާމީ މައިދާނުގައި އާޓިފިޝަލް އިންޓެލިޖެންސް ތަންފީޒުކުރުމަށް އދގެ ސަލާމަތީ މަޖިލީހުގައި ދިވެހިރާއްޖެއިން ގޮވާލައިފިައެވެ.

އާޓިފިޝަލް އިންޓެލިޖެންސް އާއި ބައިނަލްއަޤްވާމީ ސުލްހަލަމަލަސަސް ކަމާއިގުޅޭގޮތުން އ.ދ. ގެ ސަލާމަތީ މަޖިލީހުގައި ބޭއްވި ހައި ލެވެލް އޯޕަން ޑިބޭޓް އޮން އާޓިފިޝަލް އިންޓެލިޖެންސް އެންޑް އިންޓަރނޭޝަނަލް ޕީސް އެންޑް ސެކިއުރިޓީގައި ހާރިޖީ ވަޒީރު ޑރ. ޢަބްދުالله ޚަލީލް ވިދާޅުވީ ބައިނަލްއަޤްވާމީ ސުލްހައާއި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުންތެރިކަމާއި، އަސަރުތަކާއި، ޒިންމާދާރު ގޮތުގައި ބޭނުންކުރުން މުހިންމު ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އާޓިފިޝަލް އިންޓެލިޖެންސް އަކީ ދުނިޔޭގެ ބާރުގެ ބެލެންސަށް އަންނަ ބަދަލުތައް ރަމްޒުކޮށްދޭ ކަމެއް ކަމަށާއި އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް މައުލޫމާތު ޕްރޮސެސް ކުރުމުގެ ގާބިލްކަން އެންމެ ކުދި ގައުމުތަކަށް ވެސް ފޯރުކޮށްދެވޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމާއި، ތައުލީމާއި، ސިއްހީ ދާއިރާ އަދި އިގްތިސާދީ ދާއިރާ އިތުރަށް ފުޅާކުރުމުގެ ގާބިލްކަން ހުރިކަން ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން ނާޖާއިޒު ފައިދާ ނެގުމުގެ ނުރައްކާ ބޮޑުވުމާއި، ސަވައިލެންސް ކުރުމާއި، އަނިޔާވެރިވުމާއި، ހަނގުރާމަތައް އިތުރުވުން ފަދަ ކަންކަމާ މެދު ސަމާލުވުމަށް ވަޒީރު ގޮވާލެއްވިއެވެ.

އަދި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގައި އާޓިފިޝަލް އިންޓެލިޖެންސަކީ އެ ގައުމުތަކުގެ ދެމިއޮތުމާއި ކާމިޔާބީ އަށް ކޮންމެހެން ބޭނުންތެރި ވަސީލަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ . ދިވެހިރާއްޖޭގެ ޤައުމީ ޑިޖިޓަލް ޓްރާންސްފޯމޭޝަން ސްޓްރެޓެޖީ، މޯލްޑިވްސް 2.0 ގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އީޖާދީ އަދި ތަރައްޤީގެ މައި ތަނބުގެ ގޮތުގައި ރައްޔިތުން އިސްކުރުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.

ވަޒީރުގެ ތަޤުރީރު ނިންމާލެއްވީ އާޓިފިޝަލް އިންޓެލިޖެންސަކީ ޞުލްޙަވެރިކަމާއި، ޢަދުލުވެރިކަމާއި، އިންސާނީ ކަރާމާތަށް ބާރުއަޅާ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުމަށް މެންބަރު ޤައުމުތަކަށް ގޮވާލަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގިނަ ދާއިރާތަކަކުން މިސްރާއެކު ބިނާކުރަނިވި ކާމިޔާބު މަޝްވަރާތަކެއް ޚަބަރު | 2 ދުވަސް ކުރިންބައިނަލްއަޤްވާމީ މައިދާނުގައި އާޓިފިޝަލް އިންޓެލިޖެންސް ތަންފީޒުކުރުމަށް ރާއްޖެއިން ގޮވާލައިފިޚަބަރު | މަހެއް ކުރިންނަތަންޔާހޫ ވާހަކަދައްކަން ފެށުމުން ރާއްޖޭގެ ވަފުދު ނިކުމެއްޖެޚަބަރު | މަހެއް ކުރިންދިވެހީންނަށް ވިސާ އަކާ ނުލައި، އަޒަރުބައިޖާނަށް ދެވޭ ގޮތް ހަދައިފިޚަބަރު | މަހެއް ކުރިން