logo
Bank of Maldives

Bank of Maldives

ޚަބަރު

އަހަރެމެން މިދަނީ އެކަނިވަމުން، ހަތިޔާރު އުފެއްދުންނޫންގޮތެއްނެތް: ނަތަންޔާހޫ

މުހައްމަދު މޫސާމުހައްމަދު މޫސާ
16 ސެޕްޓެމްބަރު 2025 - 09:30
 އަހަރެމެން މިދަނީ އެކަނިވަމުން، ހަތިޔާރު އުފެއްދުންނޫންގޮތެއްނެތް: ނަތަންޔާހޫ

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ، ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އިސްރާއީލަށް ކުރިމަތިވެފައިވާ ބައިނަލްއަޤްވާމީ އެކަހެރިކުރުމުގެ ނުރައްކަލާ މެދު ބޮޑު ކަންބޮޑުވުމެއް ފާޅުކޮށް ވާހަކަ ދައްކައިފިއެވެ.

އިސްރާއީލްގެ ފިނޭންސް މިނިސްޓްރީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ނަތަންޔާހޫ ބުނީ، އިސްރާއީލް ވަނީ ބައިނަލްއަގްވާމީ ގޮތުން މިހާރު ވަރަށް ބޮޑަށް އެކަހެރިވެ ބާކީކޮށްފައި ކަމަށެވެ. އަދި މި އެކަހެރިކުރުން އަހަރުތަކަކަށް ދެމިގެން ހިނގައިދާނެ ކަމަށާއި، މިހާލަތުން އަރައިގަތުމަށްޓަކައި އިސްރާއީލުން އަމިއްލައަށް ހަތިޔާރު އުފައްދަން ޖެހޭނެ ކަމަށް އޭނާ ބުނެފަވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަތަންޔާހޫ ބުނީ، އިސްރާއީލުގެ އިޤްތިޞާދު އަމިއްލަ ފުދުންތެރިކަމަށް ބަރޯސާވާ މިންވަރު އިތުރުކޮށް، ބޭރުގެ ވިޔަފާރިތަކަށް ބަރޯސާވާ މިންވަރު މަދުކުރަން ޖެހޭނެ ކަމަށެވެ. މިގޮތުން އެންމެ ބޮޑަށް އެކަހެރިކުރުމާ ކުރިމަތިލާން ޖެހިދާނެ ދާއިރާއަކީ ހަތިޔާރުގެ ވިޔަފާރި ކަމަށް އޭނާ ފާހަގަކުރިއެވެ.

"އަހަރެމެން އަމިއްލައަށް ހަތިޔާރު އުފައްދަން ޖެހޭނެ. އަހަރެމެންނަކީ އެތެންސްއާއި ސްޕާޓާގެ މޮޅު ސިފަތައް އެކުލެވޭ ޤައުމަކަށް ވާން ޖެހޭނެ. އަހަރެމެންނަށް އެހެން ގޮތެއް ނެތް،" ނެތަންޔާހޫ ބުނެފަވެއެވެ.

ނަތަންޔާހޫގެ މި ބަސްތަކުން ދޭހަވަނީ ޣައްޒާގައި ހިންގަމުންދާ ހަނގުރާމައާ ގުޅިގެން އިސްރާއީލަށް ކުރިމަތިވެފައިވާ ބައިނަލްއަޤްވާމީ ފާޑުކިޔުންތަކުގެ ބުރަދަން އޭނާއަށް ވެސް ވިސްނޭކަމެވެ. ނަމަވެސް، އދ އާއި އެހެނިހެން ފަރާތްތަކުން ޣައްޒާ ސިޓީއަށް އިސްރާއީލުން ދޭ ހަމަލާތަކުން އިތުރު މަރުތަރުތަކާއި ހަލާކުވުން ކުރިމަތިވާނެ ކަމަށް އިންޒާރުދެމުންދިޔަ ނަމަވެސް، އިސްރާއީލުން ވަނީ އެ ހަމަލާތައް ހުއްޓާލުމަށް އިންކާރުކޮށްފައެވެ.

މިހާރު އިސްރާއީލަށް ވަނީ ފްރާންސް، ނެދަލޭންޑްސް، ޔޫކޭ، ސްޕެއިން، އިޓަލީ އަދި އެހެނިހެން ޤައުމުތަކުން ހަތިޔާރު ލިބުން ހުއްޓިފައެވެ. ނަމަވެސް އިސްރާއީލަށް އެންމެ ގިނައިން ހަތިޔާރު އެތެރެކުރަނީ އެމެރިކާއިންނެވެ. އަދި އެމެރިކާއިން މިފަދަ އެއްވެސް ހުރަހެއް ނާޅައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަހަރެމެން މިދަނީ އެކަނިވަމުން، ހަތިޔާރު އުފެއްދުންނޫންގޮތެއްނެތް: ނަތަންޔާހޫޚަބަރު | 4 ގަޑިއިރު ކުރިންއިސްރާޢިލުން ޣައްޒާގައި ހިންގަނީ ނަސްލުނައްތާލުމުގެ ޢަމަލުތަކެއް: އދ.ގެ މިނިވަން ތަހްގީގު ޓީމުޚަބަރު | 4 ގަޑިއިރު ކުރިންއެކުވެރިކަން އޮތް އަރަބި ގައުމުތަކާއި ގުޅުން ދަމަހައްޓާނަން: އިސްރާއީލްޚަބަރު | 2 ދުވަސް ކުރިންއިސްރާއީލުން ޣައްޒާގެ 70 މީހުން ޝަހީދުކޮށްލައިފިދުނިޔެ | 5 ދުވަސް ކުރިން