logo
Bank of Maldives

Bank of Maldives

ކުޅިވަރު

ގިނަބައެއްގެ ނުރުހުމުގައި ގަދަބާރުން ސްނައިޕަރުން އަތުރައިގެން އިސްރާއީލުން އިޓަލީއާއި ދެކޮޅަށް ކުޅެން ތައްޔާރުވެއްޖެ

އަބްދުﷲ ޣާނިމް
14 އޮކްޓޯބަރު 2025 - 15:31
އިސްރާޢީލުން ތިބި ހޮޓަލުގެ މަތީގައި ސްނައިޕަރުން އަތުރާފައި
އިސްރާޢީލުން ތިބި ހޮޓަލުގެ މަތީގައި ސްނައިޕަރުން އަތުރާފައި

އިޓަލީގެ އުދީނޭ ސިޓީގައި އިސްރާއީލާ ދެކޮޅަށް ބޭއްވުމަށް ހަމަޖެހިފައިވާ މެޗާ ގުޅިގެން ފަލަސްޠީނަށް ތާއީދުކޮށް ބޮޑު މުޒާހަރާއެއް ކުރުމަށް ރޭވިފައިވާތީ، އިސްރާއީލު ޓީމު ތިބި ހޮޓަލުގެ ފުރާޅުގައި ސްނައިޕަރުން އަތުރައިފިއެވެ.

ގައްޒާގައި ހަނގުރާމަ ވަގުތީގޮތުން ހުއްޓާލާފައިވީ ނަމަވެސް، މުޒާހަރާގެ ރިސްކް އޮތުމާ ގުޅިގެން އުދީނޭ ސިޓީގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރަށް ބޮޑަށް ހަރުދަނާ ކޮށްފައެވެ. މިގޮތުން ސިޓީގެ ފިހާރަތަކާއި ރެސްޓޯރަންޓްތައް އާދަޔާ ޚިލާފަށް އަވަހަށް ބަންދުކުރުމަށް އަންގާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިމެޗާ ދެކޮޅަށް އިޓަލީގެ ގިނަބަޔަކު ނުރުހުން ފާޅުކޮށް، އެތައް ބަޔަކު އިޓަލީގެ މަގުމައްޗަށް ނިކުންނަން ތާއްޔާރުވެފައިވާ މިމެޗު ކުޅޭ ބްލޫއެނަރޖީ ސްޓޭޑިއަމަށް އިސްރާއީލު ޓީމު ގެންދިއުމަށް ހަމަޖެހިފައިވަނީ މިލިޓަރީ އެސްކޯޓާ އެކުގައެވެ. އަދި ސްޓޭޑިއަމްގެ ފުރާޅުގައިވެސް ސްނައިޕަރުން ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ސްޓޭޑިއަމް ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުންނާއި މިލިޓަރީ މުވައްޒަފުން އެއްވެސް ހަމަނުޖެހުމެއް ހިނގިޔަ ނުދިނުމަށް ތިބޭނެއެވެ.

އިޓަލީގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއައިޖީސީ) އިން ބުނާ ގޮތުގައި 25،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމަށް މިހާތަނަށް ވިއްކިފައިވަނީ 8،000 ޓިކެޓެވެ. ނަމަވެސް ސްޓޭޑިއަމް ބޭރުގައި 10،000 އަށްވުރެ ގިނަ މުޒާހަރާކުރާ ފަރާތްތައް އެއްވުމަށް ލަފާކުރެވެއެވެ.

އިސްރާއީލާއި އިޓަލީ ދެމެދު ކުޅޭ މި މެޗު ކުރިއަށްދާނީ ރޭވިފައިވާ ގޮތަށްކަމަށް އޮފިޝަލުން ބުނެފައިވެއެވެ. ނަމަވެސް މިއީ މިފަދަ މެޗެއްގައި މިހާތަނަށް ބޭނުންކުރި އެންމެ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާ އެކު ކުޅޭ އެއް މެޗެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަޝިޔާގެ ކުންފުންޏަކާއެކު އޮތް ގުޅުމުގެ ސަބަބުން އިޓަލީގެ ކޯޗުކަން ޕިރްލޯއަށް ނުލިބޭނެކަން ކަށަވަރުވެއްޖެކުޅިވަރު | 7 ދުވަސް ކުރިންޣައްޒާގެ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިން މިޞްރުގެ މަދަދުގާރު އިސްރާއީލުން ޝަހީދުކޮށްލައިފިދުނިޔެ | 24 ދުވަސް ކުރިންލުބުނާނުގެ ދެކުނަށް ވަދެގަންނަން އުޅުނު އިސްރާއީލް ސިފައިންނަށް ހިޒްބުﷲއިން ވަރުގަދަ ހަމަލާއެއް ދީފިދުނިޔެ | މަހެއް ކުރިންއިސްރާއީލުން ލުބުނާނަށް ދިން ހަމަލާތަކާ ގުޅިގެން ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފިދުނިޔެ | މަހެއް ކުރިން