logo
MPL

MPL

ދުނިޔެ

ލުބުނާނުގެ ދެކުނަށް ވަދެގަންނަން އުޅުނު އިސްރާއީލް ސިފައިންނަށް ހިޒްބުﷲއިން ވަރުގަދަ ހަމަލާއެއް ދީފި

ޒިދާން މުޙައްމަދު
26 ޖޫން 2026 - 13:11
ލުބުނާނުގެ ދެކުނަށް ވަދެގަންނަން އުޅުނު އިސްރާއީލް ސިފައިންނަށް ހިޒްބުﷲއިން ވަރުގަދަ ހަމަލާއެއް ދީފި

ލުބުނާނުގެ ދެކުނުގައި އޮންނަ ބިންތު ޖުބައިލް ޑިސްޓްރިކްޓްގެ އުތުރުގައިވާ ބައިތު ޔަހޫން އަވަށަށް ވަދެގަންނަން މަސައްކަތްކުރި އިސްރާއީލް ސިފައިންގެ ގްރޫޕަކަށް ހިޒްބުﷲއިން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާ ދީފައިވަނީ އިސްރާއީލް ސިފައިން އެ ސަރަހައްދަށް ވަދެގަންނަން އުޅުނު ވަގުތުގައެވެ.

ހިޒްބުﷲއިން މި ހަމަލާ ދިނުމުގައި ބޭނުންކޮށްފައިވަނީ ކުރީބައިގައި އެ ސަރަހައްދުގައި ހަރުކޮށްފައިވާ ގޮވާތަކެތި ކަމަށް މައުލޫމާތު ލިބެއެވެ. އިސްރާއީލް ސިފައިން ވަދެގަންނަން އުޅުނު ވަގުތު މި ތަކެތި ގޮއްވާލުމަށްފަހު، ފިލާތިބި ހިޒްބުﷲގެ މުޖާހިދުން ވަނީ އިސްރާއީލް ސިފައިންނަށް ކުއްލި ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހަމަލާތަކުގައި އިސްރާއީލް ސިފައިންގެ އެކަކު މަރުވެ، އިތުރު އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޒަޚަމްވި ސިފައިންނަށް އަވަސް ފަރުވާ ދިނުމަށްޓަކައި ހެލިކޮޕްޓަރުތަކުގައި ހައިފާއަށް އުފުލަމުންދާ ކަމަށްވެސް ޚަބަރުތައް ލިބެއެވެ.

މި ހަމަލާއާ ގުޅިގެން އިސްރާއީލް ސިފައިން ވަނީ ބަދަލުހިފުމުގެ ގޮތުން އެ ސަރަހައްދަށް ބޮޑުބަޑީގެ ހަމަލާތަކާއި ވައިގެ ހަމަލާތައް ދީފައެވެ. ނަމަވެސް، އިސްރާއީލުން ވައިގެ ހަމަލާތައް ދީފައިވަނީ ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފަށް ކަމަށް ފާހަގަކުރެވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޣައްޒާގެ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިން މިޞްރުގެ މަދަދުގާރު އިސްރާއީލުން ޝަހީދުކޮށްލައިފިދުނިޔެ | މަހެއް ކުރިންލުބުނާނުގެ ދެކުނަށް ވަދެގަންނަން އުޅުނު އިސްރާއީލް ސިފައިންނަށް ހިޒްބުﷲއިން ވަރުގަދަ ހަމަލާއެއް ދީފިދުނިޔެ | 2 މަސް ކުރިންއިސްރާއީލުން ލުބުނާނަށް ދިން ހަމަލާތަކާ ގުޅިގެން ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފިދުނިޔެ | 2 މަސް ކުރިންލުބުނާނުގެ ދެކުނުގައި ހަނގުރާމަ ވަރުގަދަވެއްޖެދުނިޔެ | 2 މަސް ކުރިން