logo
Bank of Maldives

Bank of Maldives

ދުނިޔެ

އިސްރާއީލުން ޣައްޒާގެ 26 ރައްޔިތުންގެ ޝަހީދުކޮށްލުމަށްފަހު ހަނގުރާމަ އަލުން ފެށުނީކަމަށް ބުނެފި

މުހައްމަދު މޫސާމުހައްމަދު މޫސާ
20 އޮކްޓޯބަރު 2025 - 07:01
އިސްރާއީލުން ޣައްޒާގެ 26 ރައްޔިތުންގެ ޝަހީދުކޮށްލުމަށްފަހު ހަނގުރާމަ އަލުން ފެށުނީކަމަށް ބުނެފި

އިސްރާއީލްގެ ދެ ސިފައިން މަރާލިކަމަށް ބުނެ އިސްރާއީލުން ގައްޒާ އަށް ހަމަލާދީ ފަލަސްތީނުގެ 26 ރައްޔިތުން ޝަހީދުކޮށްލައި، ހަނގުރާމަ އަލުން ފަށާފައިވާކަމަށް އިސްރާއީލުން ހޯމަ ދުވަހު ބުނެފިއެވެ.

އިސްރާއީލް މިލިޓަރީން ބުނާ ގޮތުގައި، މިލިޓެންޓުން އެންޓި-ޓޭންކް މިސައިލެއް ދޫކޮށް، އިސްރާއީލް ސިފައިންނަށް ހަމަލާދިނުމާ ގުޅިގެން، ގައްޒާގެ އެކި ސަރަހައްދުތަކުގައި ހުރި ހަމާސްގެ ޓާގެޓްތަކަށް ހަމަލާދީފައިވެއެވެ. މީގެ ތެރޭގައި ފީލްޑް ކޮމާންޑަރުންނާއި، ހަތިޔާރު އުފުލާ މީހުންނާއި، ޓަނަލްއަކާއި، ހަތިޔާރު ރައްކާކުރާ ތަންތަން ހިމެނެއެވެ. މިއީ އިސްރާއީލްގެ ދޮގެކެވެ. އިސްރާއީލުން ހަމަލާދީފައި ވަނީ އާންމު ތަންތަނަށްކަމަށް އެ ގައުމުގެ އާންމުންނާއި ހަވާލާދީ ބަައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ އޭނާ މެދުވެރިވެގެން ވެވުނު އެއްބަސްވުން އަދިވެސް ދެމިއޮތް ކަމަށެވެ. އަދި ހަމާސްގެ ލީޑަޝިޕް މި އެއްބަސްވުމާއި ޚިލާފްވުމުގައި ބައިވެރިވެފައި ނުވެދާނެ ކަމަށް ވިދާޅުވިއެވެ. 

"އަޅުގަނޑުމެން ދެކޭގޮތުގައި ލީޑަޝިޕް މިކަމުގައި ބައިވެރިވެފައި ނުވެދާނެ،" އޭނާ ވިދާޅުވިއެވެ.

އިސްރާއީލްގެ ސެކިއުރިޓީ ސޯސްއަކުން ބުނާ ގޮތުގައި، ހަމާސްއިން "ސާފުކޮށް" އެއްބަސްވުމާއި ޚިލާފްވި ކަމަށް ބުނެ އެހީ ވެއްދުން ހުއްޓާލުމަށް އިސްރާއީލުން ނިންމުމަށްފަހު، އެމެރިކާގެ ޕްރެޝަރާއެކު ހޯމަ ދުވަހު ގައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ވަނީ އަލުން ފަށާނެއެވެ.

ގައްޒާ ގަވަރމަންޓް މީޑިއާ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، އެއްބަސްވުން ފެށުނީއްސުރެ އިސްރާއީލުން ވަނީ މަދުވެގެން 97 ފަލަސްތީނު މީހުން ޝަހީދުކޮށްލައި، 230 މީހުންނަށް އަނިޔާކޮށް، އެއްބަސްވުމާއި 80 ފަހަރު ޚިލާފްވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑިގޯގެ ސީއީއޯ މަގާމުން ވަކިކުރުމަށް އިންޑިއާގެ ސަރުކާރުން އެދިފާނެ: ރިޕޯޓްޚަބަރު | 15 ގަޑިއިރު ކުރިންހަނގުރާމަ ހުއްޓާލާފައި އޮތީ ނަމެއްގައި، އިއްޔެވެސް ޔަހޫދީންގެ ވައިގެ ހަމަލާތަކެއް ޣައްޒާއަށްދުނިޔެ | 3 ދުވަސް ކުރިންލަންކާ އަށް އެރި ތޫފާނުގައި ސީދާ އަސަރުކުރި މީހުންގެ އަދަދު 774,724 އަށްދުނިޔެ | 7 ދުވަސް ކުރިންމުސްލިމުންނަށް ފުރައްސާރަކުރި އޮސްޓްރޭލިޔާގެ ސެނެޓަރު ސަސްޕެންޑްކޮށްފިޚަބަރު | 8 ދުވަސް ކުރިން