logo
Bank of Maldives

Bank of Maldives

ޚަބަރު

އިސްރާއީލުން ފަލަސްތީނުގައި ހިންގަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަމަލުތަކެއް: ޑރ. ޚަލީލު

މުޙައްމަދު އަފްރާޙް
28 ފެބްރުއަރީ 2026 - 05:42
އިސްރާއީލުން ފަލަސްތީނުގައި ހިންގަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަމަލުތަކެއް: ޑރ. ޚަލީލު

އިސްރާއިލުން މެދުކެނޑުމެއްނެތި ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ ހަމަލާތަކާ ގުޅޭގޮތުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) ގެ އެގްޒެކެޓިވް ކޮމިޓީ އިން ސައުދީ ޢަރަބިއްޔާގެ ޖިއްދާގައި ޚާރިޖީ ވަޒީރުންގެ ފެންވަރުގައި އިއްޔެ ބޭއްވި އެކްސްޓްރާ އޯޑިނަރީ އޯޕަން-އެންޑަޑް ބައްދަލުވުމުގައި ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ އިސްރާއިލުން މެދުކެނޑުމެއްނެތި ފަލަސްތީނަށް ދެމުންދާ ހަމަލާތަކާއި ޤަވާއިދާ ޚިލާފަށް ބިންތައް ފޭރުމާއި، އަދި ފަލަސްތީނުގެ އިދާރީ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގެ މައްޗަށް ބާރު ފޯރުވުމަށް ކުރާ މަސައްކަތްތަކާ ގުޅެގޮތުން ކުށްވެރިކޮށް އެޅިދާނެ ފިޔަވަޅުތަކާއިމެދު މަޝްވަރާކުރުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި އެމަނިކުފާނު ދެއްވި ތަޤްރީރުގައި، އިސްރާއީލުން ހިންގާ މިފަދަ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، އަދި ސަރަހައްދީ ސުލްހައަށް އޮތް ބޮޑު ހުރަހެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި މިއީ ފަލަސްތީނުގެ ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަތުން ކަމަށް ސިފަކުރައްވައި، އެ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވިއެވެ.

މީގެ އިތުރުން 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިވާ ބައިނަލްއަޤްވާމީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިކަން ކުރާ ރަށްކަމުގައި ކަނޑައެޅުމަށާއި، މިނިވަން އަދި ފުރިހަމަ ސިޔާދަތީ ބާރު ލިބިގެންވާ މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ޤާއިމުކުރުމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިހުންނާނެކަމުގައި ވިދާޅުވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރު ޑރ. ޚަލީލް ވަނީ އިސްލާމީ ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާ ބައްދަލުކުރައްވައި، މުސްލިމް އުންމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އަކީ 57 ގައުމުގެ މައްޗައް އެކުލެވިގެންވާ ފަލަސްތީނުގެ ހައްޤުގައި އަބަދުސް ވަކާލާތުކުރަމުން އަންނަ ޖަމުޢިއްޔާއެކެވެ. ދިވެހިރާއްޖެ އަކީ 1976 ވަނަ އަހަރު މި ޖަމުޢިއްޔާގެ މެމްބަރަކަށް ވުމަށްފަހު މި ޖަމުޢިއްޔާގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ގައުމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާއީލުން ފަލަސްތީނުގައި ހިންގަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަމަލުތަކެއް: ޑރ. ޚަލީލުޚަބަރު | 2 ގަޑިއިރު ކުރިންއިސްރާއީލުގެ ސަލާމަތަށްޓަކާ ޣައްޒާ ނައްތާލަން ޖެހޭ: ލިންޑްސީދުނިޔެ | 20 ގަޑިއިރު ކުރިންއިސްރާއީލު މައިތިރިއެއްނުވޭ؛ ލުބުނާނަށް ބޮން އަޅަނީދުނިޔެ | 5 ދުވަސް ކުރިންފަލަސްޠީނުގެ ބިންތައް ޔަހޫދީ ދައުލަތަށް ރަޖިސްޓްރީ ކުރަނީދުނިޔެ | 12 ދުވަސް ކުރިން