logo
Bank of Maldives

Bank of Maldives

ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު އިންވެސްޓްމަންޓްތައް ހޯދަނީ

އައިމިނަތު މޫސާ
17 ސެޕްޓެމްބަރު 2025 - 04:50
ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު އިންވެސްޓްމަންޓްތައް ހޯދަނީ

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ބޭރުގެ އިންވެސްޓްމަންޓްތައް ލިބި، ދިވެހި އިގްތިސާދަށް ކުރިއެރުން ހޯދުމަށް ހާއްސަ ކޮށް ވެބިނާއެއް ބާއްވާއިފިއެވެ.

މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓުކުރުމުގެ ފުރުސަތުތަކަށް ޚާއްސަ ކޮށް ކުރިއަށް ގެންދިޔަ ވެބިނާއެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން މި ވެބިނާގައި ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖޭގެ އިންވެސްޓުކުރުމުގެ ފުރުސަތުތައް ދައްކާލައި، ބައިނަލްއަޤްވާމީ އިންވެސްޓަރުންގެ ސަމާލުކަން ހޯދުން ހިމެނެއެވެ. މި ވެބިނާ އަމާޒުކޮށްފައިވަނީ އޭޝިއާ، ޕެސިފިކް، ޔޫރަޕް، މެދުއިރުމަތި، އަދި އެމެރިކާގެ ބައިވެރިންނަށެވެ.

މި މުހިންމު މަސައްކަތަކީ ޚާރިޖީ ވުޒާރާ، ރާއްޖޭގެ އެކި ޤައުމުތަކުގައި ހުންނަ މިޝަންތައް، އަދި އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދިޔަ މަސައްކަތެކެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ އާ ހަބަރުތަކާއި، އިންވެސްޓުކުރުމުގެ ފުރުސަތުތައް މި ވެބިނަރތަކުގެ ތެރެއިން ވަނީ ދައްކާލާފައެވެ.

މި ވެބިނަރ ސިލްސިލާގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ފުޅާ އިންވެސްޓްމަންޓް ފުރުސަތުތައް، އޭޝިއާ، ޕެސިފިކް، ޔޫރަޕް، މެދުއިރުމަތި އަދި އެމެރިކާ ފަދަ ސަރަހައްދުތަކުގެ އިންވެސްޓަރުންނަށް ހުށަހަޅައި، ރާއްޖެއަށް އިންވެސްޓްމަންޓްތައް ގެނައުމަށް މަގުފަހިކުރުމެވެ.

މި ވެބިނާގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 15 އިން 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ސެޝަންގައި ޚާއްސަ ސަމާލުކަން ދީފައިވަނީ އޭޝިއާ ޕެސިފިކް އަދި ގަލްފު ޤައުމުތަކުގެ ބައިވެރިންނަށެވެ. މި ވެބިނަރތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ބޭރުގެ އިންވެސްޓްމަންޓްތައް ލިބި، ދިވެހި އިޤްތިޞާދަށް ކުރިއެރުން ލިބޭނެކަމަށް އުއްމީދުކުރެވެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި މަހުގެ 6ގެ ނިޔަލަށް ރާއްޖެއަށް2 މިލިޔަނަށް ފަތުރުވެރިން ޒިޔާރަތްކުރިވިޔަފާރި | 5 ދުވަސް ކުރިން''މޯލްޑިވްސް ވިޒިޓަރ ސަރވޭ'' ގެ ނަމުގައި ފަތުރުވެރިންނަށް ޚާއްސަ ސާރވޭއެއްޚަބަރު | 10 ދުވަސް ކުރިންވިލިމާލޭގައި 500 ގަސް އިންދުމުގެ ބޮޑު ހަރަކާތެއް ބާއްވައިފިޚަބަރު | 12 ދުވަސް ކުރިންމަގޭ ސާފު ރާއްޖެ ގައުމީ ކޮންފަރެންސް ލ. ގަމުގައި ބާއްވަން ތައްޔާރުވެއްޖެޚަބަރު | 21 ދުވަސް ކުރިން