logo
MPL

MPL

ޚަބަރު

ވިލިމާލޭގައި 500 ގަސް އިންދުމުގެ ބޮޑު ހަރަކާތެއް ބާއްވައިފި

އާމިނަތު ޝަފާ
30 ނޮވެމްބަރު 2025 - 14:30
ވިލިމާލޭގައި 500 ގަސް އިންދުމުގެ ބޮޑު ހަރަކާތެއް ބާއްވައިފި

5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު ގެ ދަށުން، މިއަދު ވިލިމާލޭގައި 500 ގަސް އިންދުމުގެ ބޮޑު ހަރަކާތެއް ބާއްވައިފިއެވެ. މި ހަރަކާތުގެ މައިގަނޑު މަޤުޞަދަކީ ވިލިމާލޭގެ ތިމާވެށި ރައްކާތެރިކޮށް، ގަސްގަހާގެހި އިތުރުކުރުންކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމް ރަސްމީކޮށް ފައްޓަވާދެއްވާފައިވަނީ 5 ޖޫން 2024 ވަނަ އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

މިއަދު ވިލިމާލޭގައި ކުރިއަށްދިޔަ މި ހަރަކާތުގެ ތެރެއިން 100 ދިވެހި ރުއް ވަނީ ވިލިމާލޭގެ ތިން ސަރަހައްދެއްގައި އިންދާފައެވެ. މީގެ އިތުރުން 100 އަށް ވުރެ ގިނަ ހައިވަކަރު ގަސްވެސް މި ހަރަކާތުގެ ދަށުން ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ އިންދާފައެވެ. މިގޮތުން، މިހާރު ރާއްޖޭގައި އެންމެ ގިނައިން ހައިވަކަރު ގަސް ހުރި ރަށަކަށް ވިލިމާލެ ވާނެ ކަމަށް މި މަޝްރޫޢާ ގުޅޭ ފަރާތްތަކުން ބުނެއެވެ. ހައިވަކަރަކީ މިވަގުތު ރާއްޖެއިން ވަރަށް މަދުން ފެންނަ ގަހެކެވެ. މިގޮތަށް މަދުން ފެންނަ ގަސްތައް ގިނަކުރުމަށް ކުރިއަށްގެންދާ މި މަސައްކަތަކީ ތިމާވެށީގެ ދިރުންތައް ދެމެހެއްޓުމަށް ބާރުއަޅާ ކަމެކެވެ.

 

މި ހަރަކާތުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހިމް، މިނިސްޓަރ އޮފް ސްޕޯރޓްސް،ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު، މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނަޒިމް އިބްރާހިމް، ވިލިމާލެ ދާއިރާގެ އިއްޒަތްތެރި މެންބަރު މުޙައްމަދު އިސްމާޢީލް އާއި ސަރުކާރުގެ ވަރަށް ގިނަ އިސްވެރިންނާއި، ކުންފުނިތަކުގެ އިސްވެރިންނާއި މިނިސްޓްރީތަކުގެ އިސްވެރިންނާއި އެކިއެކި ވުޒާރާތަކުގެ އިސްވެރިން ގަސް އިންދަވާދެއްވާފައިވެއެވެ.

 

މީގެ ސަބަބުން މި ޤައުމީ މަޝްރޫޢަށް ދެވޭ ސަމާލުކަން ފާހަގަވެގެން ގޮސްފައިވެއެވެ. 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު އަކީ ރާއްޖޭގެ ރީތިކަން ދިރުވައި، ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިސޯޓު ކުލި ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އަޅަން ސަރުކާރުން ނިންމައިފިޚަބަރު | 15 ގަޑިއިރު ކުރިންފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތް ކުރަނީ ރިސޯޓްތަކަށްޚަބަރު | 9 ދުވަސް ކުރިންމިމަހު އެކަނި ވެސް ރާއްޖެއަށް 85،135 ފަތުރުވެރިން އައިސްފައިވޭޚަބަރު | މަހެއް ކުރިންއަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 951,222 ފަތުރުވެރިން އައިސްފައިވޭ!ޚަބަރު | 2 މަސް ކުރިން