logo
Bank of Maldives

Bank of Maldives

ޚަބަރު

މި އަހަރު ދެވަނަ ފަހަރަށް ޓޫރިސްޓުންގެ ރެކޯޑު މުގުރާލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
10 ފެބްރުއަރީ 2026 - 03:09
ފަތުރުވެރިންތަކެއް ވީއައިއޭގައި، ފޮޓޯ: ވީއައިއޭ
ފަތުރުވެރިންތަކެއް ވީއައިއޭގައި، ފޮޓޯ: ވީއައިއޭ

އެއް ދުވަހުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި ރެކޯޑު، އެއް ހަފުތާގެ ތެރޭގައި ދެވަނަ ފަހަރަށް މުގުރާލައިފިއެވެ.

މި މަހުގެ އެއްވަނަ ދުވަހު 10,253 ޓޫރިސްޓުންނާއެކު އާ ރެކޯޑެއް ގާއިމުކޮށްފައިވަނިކޮށް، އާދީއްތަ ދުވަހު ވަނީ 10,462 ޓޫރިސްޓުން ރާއްޖެ އައުމާއެކު އެ ރެކޯޑު އަނެއްކާވެސް އާކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ މިދިޔަ ހަފުތާގެ ތެރޭގައި 24 ގަޑިއިރުގެ ތެރޭގައި 10,000 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި ތިންވަނަ ފަހަރެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު ވެސް ރާއްޖެއަށް ވަނީ 10,056 ޓޫރިސްޓުން އައިސްފައެވެ. މި ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ ފުރަތަމަ ހަފުތާގައި ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާއާ އަޅާބަލާއިރު އަށް ޕަސެންޓު އިތުރެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 295,589 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 279,915 ޓޫރިސްޓުންނާ އަޅާ ބަލާއިރު 5.6 ޕަސެންޓުގެ ކުރިއެރުމެކެވެ.

މި ދުވަސްވަރު ޓޫރިސްޓުންގެ އަދަދު މިހާ ބޮޑަށް އިތުރުވެފައިވަނީ ޗައިނާ މާކެޓުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމާ ގުޅިގެންނެވެ. ކޮންމެ އަހަރެއްގެ ވެސް "ޗައިނީސް ނިއު އިޔާ" އާ ދިމާކޮށް އެ ގައުމުން އަންނަ ޓޫރިސްޓުން ވަރަށް ބޮޑަށް އިތުރުވެއެވެ. މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ރަޝިއާއިން އައި ނަމަވެސް، މިހާރު ރާއްޖޭގެ އެއްވަނަ މާކެޓަކީ ޗައިނާއެވެ.

މިދިޔަ ދެ އަހަރަކީ ވެސް ރާއްޖޭގެ ފަތުރުވެރިކަމަށް ރެކޯޑު އަހަރުތަކެކެވެ. މިދިޔަ އަހަރު ރާއްޖެއަށް 2.24 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، ސަރުކާރުގެ އަމާޒަކީ މި އަހަރު އެ އަދަދު 2.4 މިލިއަނަށް އިތުރުކުރުމެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަހަރުގެ މިހާތަނަށް ރާއްޖެއަށް 684،908 ފަތުރުވެރިން ޚަބަރު | ދުވަހެއް ކުރިންބީއެމްއެލް އިން ފަތުރުވެރިކަމުގެ ދާއިރާއަށް އެހީވުމުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން ދީފިޚަބަރު | 11 ދުވަސް ކުރިންއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 600،000 އަށް ވުރެ މަތީގައިޚަބަރު | 15 ދުވަސް ކުރިންފަތުރުވެރިކަމުގެ މައުރަޒުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 16 ދުވަސް ކުރިން