logo
Bank of Maldives

Bank of Maldives

ޚަބަރު

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިން!

އައިޝަތު ނަޝާ
30 ޖެނުއަރީ 2026 - 11:30
މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިން!

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިން ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއަހަރުގެ މިހާތަނަށް އެރަޝިއާއިން 26،965 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ 21،137 ފަތުރުވެރިންނާއެކު އިޓަލީންނެވެ. 18،531 ފަތުވެރިންނާއެކު ތިން ވަނައިގައި އޮތީ ޗައިނާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް 200،801 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު %3.9 އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކުރީ 193،174 ފަތުރުވެރިންނެވެ.

 މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 9،596 ފަތުރުވެރިންނެވެ.

ން ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓު ފިޔަވައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ މާފަރު އިންޓާނޭޝަނަލް އެއާޕޯޓު އަދި ގަން އިންޓާނޭޝަނަލް އެއާޕޯޓުންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުން ވަނީ 198،329 ފަތުރުވެރިން އެތެރެވެފައިވެއެވެ.

އަދި މާފަރު އެއާޕޯޓުން 714 ފަތުރުވެރީން އައިސްފައިވާއިރު، ގަން އިންޓާނޭޝަނަލް އެއާޕޯޓުން 599 ފަތުރުވެރިން އައިސްފައި ވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ހާއްސަ ހަރަކާތްތަކެއްޚަބަރު | 6 ދުވަސް ކުރިންމި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ޖުމުލަ 144,619 ފަތުރުވެރިން ޒިޔާރާތްކުރިޚަބަރު | މަހެއް ކުރިންމި އަހަރު ދެވަނަ ފަހަރަށް ޓޫރިސްޓުންގެ ރެކޯޑު މުގުރާލައިފިޚަބަރު | މަހެއް ކުރިންފަތުރުވެރިކަމުގެ އައު ރެކޯޑެއް: އެއް ދުވަހާ 10،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށްޚަބަރު | މަހެއް ކުރިން