logo
Bank of Maldives

Bank of Maldives

ޚަބަރު

ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ހާއްސަ ހަރަކާތްތަކެއް

މުޙައްމަދު އަފްރާޙް
14 މާރިޗު 2026 - 06:25
މިނިސްޓަރ ތޯރިޤް
މިނިސްޓަރ ތޯރިޤް

މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވިނަމަވެސް, ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ހާއްސަ ހަރަކާތްތަކެއް ހިންގަމުން އަންނަކަމުގައި ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެވެ.

ވަޒީރު ވިދާޅުވީ ހަނގުރާމައިގެ ހާލަތާއި ގުޅިގެން މިހާތަނަށް ފަތުރުވެރިކަމުގެ ދާއިރާއިން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ބުކިން ކެންސެލޭޝަންތައް އަންނަމުން ދަނީ މާރިޗު އަދި އޭޕްރީލް މަހަށް ކަމަށެވެ. ނަމަވެސް އޭގެ ފަހަށް ބަލާއިރު ބުކިންތައް އިތުރުވަމުންދާ ކަމަށް ދައްކާ ކަމަށް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންކަމުން މި ދެމަހުގެ ދަށްވުން ފޫބެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން ބައެއް ގައުމުތަކުގެ އެމްބަސީތަކާއެކު މަޝްވަރާ ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި ކެންސެލޭޝަންތައް މަދުކުރުމަށް ސިނާއަތުން ކުރަމުންދާ މަސައްކަތުގެ އިތުރަށް ސަރުކާރުންވެސް، ރާއްޖެއަށް ފަތުރުވެރިން އަންނަ ބޮޑު މާކެޓްތަކަށް އިސްކަން ދީގެން ޕްރޮމޯޝަނަލް ހަރަކާތްތަތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވަނީ އަންނަ މަހު ކުރީކޮޅުން ފެށިގެން އިންޑިއާ، ޗައިނާ އަދި ރަޝިއާއަށް އަމާޒުކޮށްގެން ވަރަށް ބޮޑު މާކެޓިންގ އެފޯޓްތަކެއް ލާނަން ވަޒީރު ޠާރިޤު ވިދާޅުވިއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު މެދުއިރުމަތީގައި ހަނގުރާމަ ފެށުމާއިއެކު ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން އައުމަށް ޓްރާންސިޓްވާ މެދުއިރުމަތީގެ ވައިގެ ސަރަހައްދު ވަނީ ބަންދުވެފައެވެ. މިއާއެކު މި ސަރަހައްދުން އަންނަ ފްލައިޓްތައް ކެންސަލް އެކަމުގެ އަސަރު ރާއްޖެއަށް ވަނީ ކޮށްފައެވެ. ސަރުކާރުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭގޮތުގައި ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިން 30 އިންސައްތަ ރާއްޖެ އަންނަނީ މެދުއިރުމަތީ މަގުންނެވެ. އެއީ ދުވާލަކަށް ބަލާނަމަ 3000 އެއް ހައި ފަތުރުވެރިން ކަމަށް ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިމަހު އެކަނި ވެސް ރާއްޖެއަށް 85،135 ފަތުރުވެރިން އައިސްފައިވޭޚަބަރު | 19 ދުވަސް ކުރިންހުޅުމާލޭގައި ބޭސްވެރިކަމަށް ބޭނުންކުރާ ގަސްތައް އިންދުމުގެ ޚާއްޞަ ހަރަކާތެއްޚަބަރު | 22 ދުވަސް ކުރިންނިމިދިޔަ ޖޫން މަހު ރާއްޖެއަށް 123,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިވިޔަފާރި | މަހެއް ކުރިންވެލާނާ ފިޔަވާ އެންމެ ގިނަ މީހުން ދަތުރުކުރީ އައްޑޫ އަތޮޅު ގަމު އެއާޕޯޓަށް ކަމަށް ދައްކައިފި ޚަބަރު | މަހެއް ކުރިން