އަހަރުގެ މިހާތަނަށް ރާއްޖެއަށް 684،908 ފަތުރުވެރިން
9 އޭޕްރީލު 2026 - 04:52

އަހަރުގެ މިހާތަނަށް ރާއްޖެއަށް 684،908 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވާ ކަމަށް ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މީގެތެރެއިން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ، ޗައިނާއިންނެވެ.
އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ލައްކަ އަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

Ad by Hajj Corporation
ޗައިނާއަކީ، އަހަރުގެ މިހާތަނަށް ރާއްޖެއަށް ލައްކަ އަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ފުރަތަމަ ޤައުމެވެ. މިމަހުގެ 7ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް 100،185 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ، މި މުއްދަތުގެ ތެރޭގައި ރާއްޖެ އައި ފަތުރުވެރިންގެ %15 އެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަށް
* ޗައިނާ: 100،185 ފަތުރުވެރިން
* ރަޝިއާ: 84،739 ފަތުރުވެރިން
* އިނގިރޭސިވިލާތް: 65،105 ފަތުރުވެރިން
* އިޓަލީވިލާތް: 59،396 ފަތުރުވެރިން
* ޖަރުމަނުވިލާތް: 46،245 ފަތުރުވެރިން
އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރވެރިން އައިސްފައިވާ އެއަރޕޯޓްތަކަށް ބަލާއިރު ،ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް( 666،691 ފަތުރުވެރިން)
ގަން އިންޓަނޭޝަނަލް އެއާޕޯޓް(2،813 ފަތުރުވެރިން) މާފަރު އިންޓަނޭޝަނަލް އެއާޕޯޓް(2،620 ފަތުރުވެރިން) ހިމެނެއެވެ.
އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 4 ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ، ރިސޯޓުތަކުގައެވެ. ގެސްޓްހައުސްތަކުގައި ލައްކަ އަކަށްވުރެ ގިނަ ފަތުރުވެރިން އަދި ހޮޓެލްތަކުގައި 18،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.

.gif&w=1920&q=75)
