logo
Bank of Maldives

Bank of Maldives

ޚަބަރު

އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 600،000 އަށް ވުރެ މަތީގައި

އައިޝަތު ނަޝާ
26 މާރިޗު 2026 - 05:06
އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 600،000 އަށް ވުރެ މަތީގައި

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 600،000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމުގެ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްް 606،608 ފަތުރުވެރިން އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރާއި އަޅާ ކިޔާއިރު، 3.4 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 586،826 ފަތުރުވެރިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ގިނަ ފަތުރުވެރިން އައި ޗައިނާއިން ރާއްޖެއަށް 90،812 ފަތުރުވެރިން އައިސްފައިވެއެވެ. ޗައިނާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުކަމަށްވާއިރު، އެ ގައުމަކީ މިދިޔަ އަހަރުވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ގައުމެކެވެ.

ލިސްޓުގެ ދެވަނައިގައި އޮތް ރަޝިޔާއިން ރާއްޖެއަށް އައިސްފައި ވަނީ 73،476 ފަތުރުވެރިންނެވެ. އެ ލިސްޓުގެ ތިން ވަނައިގައި އޮތް އިނގެރޭސިވިލާތުން 56،990 ފަތުރުވެރިންވެސް އައިސްފައިވެއެވެ.

ރާއްްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އެތެރެ ވަނީ ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓުންނެވެ. އެ އެއާޕޯޓުން މިހާތަނަށް 592،463 ފަތުރުވެރިން އެތެރެވެފައިވާއިރު، 2406 ފަތުރުވެރިންނާއެކު ދެވަނަައަށް އެންމެ ގިނައިން ފަތުރުވެރިން އެތެރެވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން އެތެެރެ ވަނީ މާފަރު އިންޓަނޭޝަަނަލް އެއާޕޯޓުންނެވެ. އެއީ 2319 ފަތުރުވެރިންނެވެ.

މިހާރު ދުވާލަކު ރާއްޖެ އަށް 7309 ފަތުރުވެރިން އާދެއެވެ.

ރާއްޖޭގައި 180 ރިސޯޓާއި، 16 ހޮޓެލްގެ އިތުރުން، 926 ގެސްޓް ހައުސް އާއި، 171 ސަފާރީ އޮޕަރޭޓް ކުރަމުން ދެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 600،000 އަށް ވުރެ މަތީގައިޚަބަރު | 2 ގަޑިއިރު ކުރިންފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ހާއްސަ ހަރަކާތްތަކެއްޚަބަރު | 12 ދުވަސް ކުރިންމި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ޖުމުލަ 144,619 ފަތުރުވެރިން ޒިޔާރާތްކުރިޚަބަރު | މަހެއް ކުރިންމި އަހަރު ދެވަނަ ފަހަރަށް ޓޫރިސްޓުންގެ ރެކޯޑު މުގުރާލައިފިޚަބަރު | މަހެއް ކުރިން