logo
Bank of Maldives

Bank of Maldives

ޚަބަރު

''މޯލްޑިވްސް ވިޒިޓަރ ސަރވޭ'' ގެ ނަމުގައި ފަތުރުވެރިންނަށް ޚާއްސަ ސާރވޭއެއް

އައިޝަތު ނަޝާ
3 ޑިސެމްބަރު 2025 - 05:45
''މޯލްޑިވްސް ވިޒިޓަރ ސަރވޭ'' ގެ ނަމުގައި  ފަތުރުވެރިންނަށް ޚާއްސަ ސާރވޭއެއް

ރާއްޖެއިން ފުރައިގެންދާ ފަތުރުވެރިންގެ ފަރާތުން މައުލޫމާތު އެއްކުރުމަށް "މޯލްޑިވްސް ވިޒިޓަރ ސަރވޭ"ގެ ނަމުގައި ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ޚާއްސަ ސާރވޭއެއް ފަށައިފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިން ރަސްމީކޮށް މި މަސައްކަތް ފަށާފައިވާއިރު، މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މި ސާރވޭ ކުރިއަށްދާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މޯލްޑިވްސް ވިޒިޓަރ ސަރވޭއަކީ، ރާއްޖެއިން ފުރައިގެންދާ ފަތުރުވެރިންގެ ފަރާތުން މައުލޫމާތު އެއްކުރުމަށް ހިންގާ "އެގްޒިޓް ސަރވޭ" އެކެވެ. މި ސަރވޭގެ ތެރެއިން ފަތުރުވެރިންގެ ޑެމޮގްރަފިކްސް (ޖިންސާއި، އުމުރު ފަދަ މައުލޫމާތު)އާއި، ރާއްޖޭގައި ކުރި ތަޖުރިބާތަކާއި، ރާއްޖޭގެ ޓޫރިޒަމްގެ އުފެއްދުންތަކާއި ހިދުމަތްތަކާއި ބެހޭގޮތުން ފަތުރުވެރިން ދެކޭ ގޮތާއި ގުޅޭ މުހިންމު މައުލޫމާތުތައް އެއްކުރެވޭނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިފަދަ މައުލޫމާތުތަކަކީ ރާއްޖޭގެ ޓޫރިޒަމް ސިނާޢަތް ކުރިއެރުވުމަށްޓަކައި ދެނެގަނެވޭ މައުލޫމާތުތަކަށް ބިނާކޮށް ނިންމުންތައް ނިންމުމަށް އެހީތެރިވެދޭ މުހިންމު ބާރުތަކެއް ކަމަށާއި،އަދި ދުނިޔޭގެ މާކެޓުގައި ރާއްޖެއަކީ، އެންމެ ކުރީގައި އޮންނަ ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ވާދަވެރިކަން ވަރުގަދަ ކުރުމުގައިވެސް މި ސަރވޭގެ ނަތީޖާތަކުން މުހިންމު ދައުރެއް އަދާކުރާނެ ކަންވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ، 2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެގޮތުން ނޮވެންބަރު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ، 2،014،358 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %10 އިތުރު ޢަދަދެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''މޯލްޑިވްސް ވިޒިޓަރ ސަރވޭ'' ގެ ނަމުގައި ފަތުރުވެރިންނަށް ޚާއްސަ ސާރވޭއެއްޚަބަރު | ގަޑިއިރެއް ކުރިންވިލިމާލޭގައި 500 ގަސް އިންދުމުގެ ބޮޑު ހަރަކާތެއް ބާއްވައިފިޚަބަރު | 3 ދުވަސް ކުރިންމަގޭ ސާފު ރާއްޖެ ގައުމީ ކޮންފަރެންސް ލ. ގަމުގައި ބާއްވަން ތައްޔާރުވެއްޖެޚަބަރު | 11 ދުވަސް ކުރިންހަލާލު ޓޫރިޒަމް މޮޑެލްއަށް ރިސޯޓު ތަރައްގީ ކުރަން ބީލަމަށް ހުޅުވާލައިފިޚަބަރު | 11 ދުވަސް ކުރިން