logo
Bank of Maldives

Bank of Maldives

ޚަބަރު

ގައުމީ ޚިދުމަތުގެ ތަމްރީނަށް 340 ބައިވެރިން ފުރައިފި

އާމިނަތު ޝަފާ
17 ސެޕްޓެމްބަރު 2025 - 09:45
ގައުމީ ޚިދުމަތުގެ ތަމްރީނަށް 340 ބައިވެރިން ފުރައިފި

ދިވެހިރާއްޖޭގެ ގައުމީ ޚިދުމަތުގެ ޕްރޮގްރާމު (މޯލްޑިވްސް ނޭޝަނަލް ސާވިސް) ގެ ފުރަތަމަ ބެޗު ތަމްރީނަށް ފުރައިފިއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތު ޖުލައި މަހު ހަމަވިއިރު ޖުމްލަ 1244 ޒުވާނުން ކުރިމަތި ލައިފައިވެއެވެ. އޭގެ ތެރެއިން ފުރަތަމަ ބެޗުގައި ހިމެނޭ 340 ބައިވެރިން ތަމްރީނުތަކަށް މިއަދު ޅ. މާފިލާފުއްޓަށް ފުރާފައިވާއިރު އެރަށުގައި 3 މަސްދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ބައިވެރިން ފުރިހަމަކުރާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނެޝަނަލް ސާވިސް ޕްރޮގްރާމެއް ފައްޓަވާނެ ކަން ރައީސް އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

G1CQr8ubcAAFqh-.jpeg

 

މި ޕްރޮގްރާމުގެ މަގްސަދުތަކުގެ ތެރޭގައި ، ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހު އާލާކުރުމާއި، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތުން ބިނާކުރުމާއި، ގައުމަށް ކުރިމަތިވާ ނުރައްކާތަކާއި ކާރިސާތަކުގައި ސާބިތުކަމާއެކު ކުރިމަތިލާނެ ޒުވާނުން ތައްޔާރުކުރުން ހިމެނެއެވެ. މީގެއިތުރުން، ސަލާމަތީ ޚިދުމަތްތަކަށް މީހުން ރެކްރޫޓްކުރުމުގެ މަގު ތަނަވަސް ކޮށްދިނުމަކީވެސް މި ޕްރޮގްރާމުގެ މުހިންމު މަގުސަދެކެވެ.

މޯލްޑިވްސް ނޭޝަނަލް ސަރވިސްއާގުޅޭ މަސައްކަތްތައް ތަންފީޒުކުރާ އިދާރާއަކީ މިނިސްޓްރީ އޮފް ޑިފެންސްކަމުގައިވަނީ ހަމަޖައްސަވާފައެވެ.

G1CQvkVakAERM9f.jpeg

 

މިގޮތުން މޯލްޑިވްސް ނޭޝަނަލް ސަރވިސްއާގުޅޭ ގޮތުން މިނިސްޓްރީ އޮފް ޑިފެންސްގެ މަސައްކަތްތަކުގެ ލިސްޓަށް އިތުރުކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް ނޭޝަނަލް ސަރވިސްއާގުޅޭގޮތުން އެކުލަވައިލަންޖެހޭ އުސޫލުތައް އެކުލަވައިލައި ތަންފީޒުކުރުމާއި، މޯލްޑިވްސް ނޭޝަނަލް ސަރވިސްއަށް މީހުން އެންރޯލްކުރުމާ ގުޅޭ އެންމެހައި ކަންކަން ރާވައި އިންތިޒާމުކުރުމާއި، ނޭޝަނަލް ސަރވިސްއަށް އެންރޯލްކުރެވޭ ފަރާތްތައް ރަޖިސްޓްރީކުރުމާއި، މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ މެންބަރުންނާ ގުޅޭ އިދާރީ ކަންކަން ބެލެހެއްޓުމެވެ. އަދި މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ ތަމްރީނުގެ ނިޒާމު އެކަށައަޅައި، އެ ނިޒާމު ތަންފީޒުކުރުމާއި، މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ ތަމްރީނުގެ ނިޒާމުގެ ދަށުން ހިންގާ ތަމްރީނުތައް ހިނގާނުހިނގާގޮތް ބެލުމާއި، އެ ނިޒާމު ތަރައްޤީކުރުމަށް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރުންވެސް މިނިސްޓްރީ އޮފް ޑިފެންސްގެ މަސައްކަތްތަކުގެ ލިސްޓަށް އިތުރުކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫގައި ދުއްވަމުން ދިޔަ ކާރެއްގައި ރޯވެއްޖެޚަބަރު | 2 ދުވަސް ކުރިންހުޅުމާލެ ފަޅުތެރޭ އޮތް އުޅަނދެއްގައި ރޯވެ އަނދަނީޚަބަރު | 4 ދުވަސް ކުރިން300 ކިލޯ ޑްރަގާއެކު އަތުލައިގަތް ލަންކާ މީހުންނާ ހަވާލުވާން ލަންކާގެ ކަނޑުމަތީ ސިފައިންގެ ޓީމެއް ރާއްޖެއަށްޚަބަރު | 5 ދުވަސް ކުރިންޑްރަގާއެކު ރާއްޖެއިން އަތުލައިގަތް ލަންކާ މަޝްވެރިން, އެ ޤައުމަށް ގެންދަން މަސައްކަތްކުރަނީޚަބަރު | 6 ދުވަސް ކުރިން