logo
Bank of Maldives

Bank of Maldives

ޚަބަރު

އެސްޓީއޯއިން މޭވާއާއި ތަރުކާރީގެ ބާވަތްތައް އެތެރެ ކުރުމަކީ އާންމު ވިޔަފާރިއަށް ވަނުމެއް ނޫން: ރައީސް

އައިމިނަތު މޫސާ
17 ސެޕްޓެމްބަރު 2025 - 10:37
އެސްޓީއޯއިން މޭވާއާއި ތަރުކާރީގެ ބާވަތްތައް އެތެރެ ކުރުމަކީ އާންމު ވިޔަފާރިއަށް ވަނުމެއް ނޫން: ރައީސް

އެސްޓީއޯއިން މޭވާއާއި ތަރުކާރީގެ ބާވަތްތައް އެތެރެކުރުމަކީ އާންމުންކުރާ ވިޔަފާރިއަށް ވަނުމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެސްޓީއޯގެ މައިގަނޑު ހިއްސާދާރަކީ، ސަރުކާރު ކަމަށް ވާއިރު އެކުންފުންޏަކީ ވިޔަފާރި ކުރަން އުފައްދާފައި އޮތް ކުންފުންޏެއް ކަމަށެވެ. ރައީސް ވިދާޅުވީ އެސްޓީއޯ އިން މިހާރު ހަމައެކަނި އެތެރެ ކުރަނީ ކާޑުގެ ބާވަތްތައް އެކަނި ނޫން ކަމަށެވެ. އެގޮތުން މިހާރު އެސްޓީއޯއިން އަންނަނީ ރައްޔިތުން އެންމެ ގިނައިން ބޭނުންކުރާ، މޭވާއާއި ތަރުކާރީގެ ބާވަތްތައްވެސް އެތެރެކުރަމުން ކަމަށް ވީ ނަމަވެސް މިއީ އާންމުންކުރާ ވިޔަފާރިއަށް ވަނުން ނޫން ކަމަށެވެ. އެމަނިކުފާނު ފާހަގަ ކުރައްވާފައިވާ ގޮތުގައި އެސްޓީއޯއިން ތަކެތި ލިބޭނެގޮތް ހަދައިދެނީ ރައްޔިތުންނަށް އެންމެ ރަނގަޅު އަގުގައި ތަކެތި ފޯރުކޮށް ދިނުމަށް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އާދެ، އެސް.ޓީ.އޯ.ގެ މައިގަނޑު ހިއްސާދާރަކީ، ސަރުކާރު. ދެން އެސް.ޓީ.އޯ.އަކީ ވިޔަފާރި ކުރަން އުފައްދާފައި އޮތް ކުންފުންޏެއް. ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން. ކާޑުގެ ބާވަތްތައް އެކަންޏެއްނޫން މިހާރު އެތެރެކުރަންޖެހޭނީކީއެއް. މިހާރު އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ، އެންމެ މުހިންމު އެންމެ ގިނައިން ބޭނުންކުރާ، މޭވާއާއި ތަރުކާރީގެ ބާވަތްތައްވެސް އެތެރެކުރުން. މިއީކީއެއް އާންމުންކުރާ ވިޔަފާރިއަށް ވަނުމެއްނޫން. މިއީ ރައްޔިތުންނަށް އެންމެ ރަނގަޅު އަގުގައި، މި ތަކެތި ލިބޭނެގޮތް ހެދުން. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު

ފުޑް ސެކިއުރިޓީއަކީ މެނިފެސްޓޯގައި ކަނޑައަޅާފަވާ، ވަރަށް މުހިންމު ސިޔާސަތެއް ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މިހާރު ރާއްޖޭގައި އުފެއްދޭނެ ބާވަތްތައް އުފެއްދުމުގައި، އިންވެސްޓް ކުރުމަށްޓަކައި އެކި ފަރާތްތަކަށް ފުރުޞަތުދީގެން، މިހާރު ބައެއް ފަރާތްތަކުން އަމަމަލީ މަސައްކަތުގެ މަރުހައަށް ގޮސްފައިވާ ކަމަށެވެ.

ރާއްޖޭގައި، އުފެއްދޭނެ ބާވަތްތައް އުފެއްދުމުގެ މަސައްކަތް ބޮޑު އަދަދަކުން އިތުރުކޮށް، އެ އުފެއްދުމަށް އެސްޓީއޯއިން މިހާރު އެފަދަ ވިޔަފާރީގެ ތެރެއަށް ވަނީ ވަދެފައި ކަމަށެވެ. ރައީސް ވިދާޅުވީ އެސްޓީއޯއިން ބޭހުގެ ވިޔަފާރި މިހާރު ސަރުކާރުން ވަކިން ހާއްސަކޮށްގެން އެކަމަށް އުފެއްދި ކުންފުންޏެއް ނަމަވެސް ދެން އެ ކުންފުންނިން މެޑިކަލް ސާމާނު ނުގެންނާނެ ކަމަށެވެ. ދެން އެސްޓީއޯގެ އަމާޒަކީ މިހާރު ދެމުންދާ ކާބޯތަކެތީގެ ވިޔަފާރީގައި ކުރިއަށް ދިއުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެސްޓީއޯއިން ބޭސް ފޯރުކޮށްދެމުން ގެންދަނީ ރައްޔިތުންނަށް ހެޔޮ އަގުގައި، އެންމެ ފެންވަރު ރަނގަޅު ބޭސް ރައްޔިތުންނަށް މެދުނުކެނޑި ލިބޭނެގޮތް ގާއިމުކުރުން ކޮށްދިނުން ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޙަޤީޤަތް ބެލުމެއްނެތި އަނެކާއަށް ގެއްލުންދޭ ގޮތަށް ހިތަށް އައިހާ އެއްޗެއް ލިޔުމަކީ އިންސާނަކަށްވީތީ ވެސް ކުރެވޭނެ ކަމެއްނޫން: ރައީސްޚަބަރު | 3 ގަޑިއިރު ކުރިންކުރީގެ ރައީސުންނާއި މެންބަރުންގެ ބައެއް އިނާޔަތްތައް އުނިކުރަން މަޖިލީހުގެ އަންނަ ދައުރުގައި ހުށަހަޅަނީޚަބަރު | 3 ގަޑިއިރު ކުރިންއަޅުގަނޑުގެ ފަލްސަފާއަކީ ރައްޔިތުންނާ ގާތުން ޚިދުމަތްދިނުން: ރައީސްޚަބަރު | 3 ގަޑިއިރު ކުރިންޖުޑީޝަރީ މިނިވަންކުރުން އެއީ، އަޅުގަނޑު ކުރާނެ ކަމެއް: ރައީސްޚަބަރު | 4 ގަޑިއިރު ކުރިން