logo
Bank of Maldives

Bank of Maldives

ޚަބަރު

އިސްލާމްދީނާއި އެއްގޮތަށް ދައުލަތް ހިންގުމަކީ މި ސަރުކާރުގެ ސިޔާސަތު: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
5 ފެބްރުއަރީ 2026 - 09:19
އިސްލާމްދީނާއި އެއްގޮތަށް ދައުލަތް ހިންގުމަކީ މި ސަރުކާރުގެ ސިޔާސަތު: ރައީސް

ދައުލަތް ހިންގުމުގެ ހުރިހާ ކަމެއްގައި ވެސް މާތް ވެގެންވާ އިސްލާމްދީނުގައި ސާފުކޮށް ބަޔާން ކުރައްވާފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ބައްޓަންކޮށް ތަރައްޤީ ކުރުމަކީ މި ސަރުކާރުގެ އެންމެ އިސް ސިޔާސަތު ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވާއިރު، ދައުލަތުގެ ސިޔާސަތުތައް ދީނީ އުސޫލުތަކަށް ބައްޓަންކުރުމަކީ ދައުލަތުގެ އެންމެ އިސްވެރިޔާގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމަށެވެ.

ރައީސްގެ ބަޔާނުގައި އިތުރަށް ވިދާޅުވީ، ދީނާ ސިޔާސަތު ވަކިކުރުމުގެ ފިކުރިއްޔާތުގެ އަހުލުވެރީން އެހެން ގޮތަކަށް މިކަން ދުށުމަކުން އެމަނިކުފާނުގެ ކުޑަވެސް ފަރުވާލެއް ނެތް ކަމަށެވެ. "އަޅުގަނޑު ތަންފީޒުކުރާނީ މި ސިޔާސަތު. މާތް ﷲ ވަނީ މާތް ވެގެންވާ އިސްލާމްދީން އަޅުގަނޑުމެން މުސްލިމުންނަށް ފުރިހަމަ ކޮށްދެއްވާ އަޅުގަނޑުމެން އުޅެން އެކަލާނގެ ރުހިވޮޑިގެންވާ ގޮތް އެދީނުގައި ބަޔާން ކުރައްވާފައި،" ރައީސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދީނީ ދާއިރާގެ އުމްރާނީ ތަރައްޤީއާއި ޙާފިޡުންނަށް ދޭ ސަމާލުކަން

ވޭތުވެދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، 74 މިސްކިތާއި، 7 އިސްލާމީ މަރުކަޒާއި، 3 ޤުރުއާން މަރުކަޒުގެ އިތުރުން 6 ވަޤުފު ބިނާއާއެކު ޖުމްލަ 90 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ޙާފިޡުންގެ އަގު ވަޒަންކުރުމުގެ ގޮތުން، އެފަރާތްތަކަށް ދެމުން އައި 2,000 ރުފިޔާގެ އެލަވަންސް 4,000 ރުފިޔާއަށް ބޮޑުކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނިމިދިޔަ 2025 ވަނަ އަހަރަކީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ މީހުން ޙާފިޡުކަމުގެ ސަނަދު ހާސިލުކުރި އަހަރުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ އަހަރު 30 ޙާފިޡުން ދަސްވެނިވިފައިވާ ކަމަށެވެ.

ޙައްޖާއި ޒަކާތުގެ ނިޒާމަށް އައި ހެޔޮ ބަދަލުތައް

ޙައްޖުގެ އަޅުކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ސަޢޫދީ ސަރުކާރުން ތަޢާރަފްކުރި 'މައްކާ ރޫޓް އިނީޝިއޭޓިވް' ގެ ދާއިމީ މެންބަރުކަން ލިބުނު 8 ވަނަ ޤައުމަކަށް ރާއްޖެ ވެފައިވާ ކަމަށެވެ. މީގެ އިތުރުން، ޙައްޖުގެ ކަންކަން އެންމެ ފުރަތަމަ ސައްތައިން ސައްތަ ފުރިހަމަކުރި 8 ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނި، ދިވެހި ޙައްޖާޖީންނަށް ތާރީޚީ ގޮތުން ބޮޑެތި ލުއިފަސޭހަތަކެއް ހޯދައިދެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޒަކާތުގެ ނިޒާމަށް ގެނެވުނު އިސްލާހީ ބަދަލުތަކާއެކު ރައްޔިތުންގެ އިތުބާރު ބޮޑުވެފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ނިމިދިޔަ އަހަރު ޒަކާތުގެ ގޮތުގައި 107,205,043 ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ދެއްކި އަހަރު ކަމަށްވެސް ރައީސްގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ ރިޔާސީ ބަޔާނަށް ތިން ގަޑިއިރު؛ އެ ހެއްދެވީ ގައުމީ ރެކޯޑެއް!ޚަބަރު | ގަޑިއިރެއް ކުރިންއިޤްތިޞާދު ފުޅާކުރުމަށް ވަރުގަދަ ޓްރާންސްޕޯޓް ނެޓްވޯކެއް ޤާއިމްވެފައި އޮތުން މުހިންމު: ރައީސްޚަބަރު | ގަޑިއިރެއް ކުރިންމަސައްކަތްކުރަނީ ވާރުތަކޮށްފައިވާ ދަރަނީގެ ދަންތުރައިން ޤައުމު މިންޖުކުރުމަށް: ރައީސް ޚަބަރު | ގަޑިއިރެއް ކުރިންއިސްލާމްދީނާއި އެއްގޮތަށް ދައުލަތް ހިންގުމަކީ މި ސަރުކާރުގެ ސިޔާސަތު: ރައީސްޚަބަރު | ގަޑިއިރެއް ކުރިން