logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސްގެ ރިޔާސީ ބަޔާނަށް ތިން ގަޑިއިރު؛ އެ ހެއްދެވީ ގައުމީ ރެކޯޑެއް!

ޒިދާން މުޙައްމަދު
5 ފެބްރުއަރީ 2026 - 09:53
މިހާ ތަނަށް ރާއްޖޭގެ ރައީސަކު އިއްވެވި އެންމެ ދިގު ރިޔާސީ ބަޔާނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އިއްވަވަނީ ---
މިހާ ތަނަށް ރާއްޖޭގެ ރައީސަކު އިއްވެވި އެންމެ ދިގު ރިޔާސީ ބަޔާނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އިއްވަވަނީ ---

މިހާ ތަނަށް ރާއްޖޭގެ ރައީސަކު އިއްވެވި އެންމެ ދިގު ރިޔާސީ ބަޔާނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އިއްވެވި ރިޔާސީ ބަޔާންވެއްޖެއެވެ.

ރިޔާސީ ބަޔާނަކީ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ އިއްވަވަން ޖެހިވަޑައިގަންނަވާ ބަޔާނެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލިސް މި ދައުރަށް އިފުތިތާޙުކޮށްދެއްވައި، 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވާފައި ވަނީ މިއަދު ހެނދުނުއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި އެމަނިކުފާނުގެ 3 ވަނަ ރިޔާސީ ބަޔާން 3 ގަޑިއިރަށް ދެމިގެން ދިޔައެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ 3ވަނަ ރިޔާސީ ބަޔާން އިއްވެވުމަށް މުލީއާގެއިން ރައްޔަތުންގެ މަޖިލީހަށް ވަޑައިގެންނެވީ ހިންގަވާފައި ފައިމަގުގައެވެ.

ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދަށް ރައްޔިތުންގެ މަޖިލިސް ސަރަޙައްދުން މަރުޙަބާ ދެންނެވީ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲއެވެ. މަޖިލީހުގެ އިދާރާއިން އެމަނިކުފާނަށް މަރުޙާބާ ދެންނެވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނެވެ.

ރިޔާސީ ބަޔާން ދެއްވުމަށް ބޭއްވި ޖަލްސާގައި އުއްތަމަ ފަނޑިޔާރާއި، ދައުލަތުގެ އިސް ފަރާތްތަކަކާއި، ވަޒީރުންނާއި މިނިވަން މުޢައްސަސާތަކުގެ އިސްވެރިންނާއި ބޭރުގެ ސަފީރުންނާއި ޑިޕްލޮމެޓުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހެނދުނު 9:00ގައި މަޖިލީހުގެ ޖަލްސާ ފެށުމާއެކު މިޖަލްސާގެ އެޖެންޑާގައި ހިމެނޭ ހަމައެކަނި ނަންބަރު ކަމުގައިވާ ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވިއެވެ. 3 ގަޑިއިރުގެ ރިޔާސީ ބަޔާނެއް އިއްވެވިއިރު، މިއީ ރާއްޖޭގައި މިހާތަނަށް އިއްވި އެންމެ ދިގު ރިޔާސީ ބަޔާނެވެ.

ގާނޫނުއަސާސީގައި ވާ ގޮތުން ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލިހަށް އިއްވަން ވާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"މަޖިލީހުން އިސްކުރާނީ ދިވެހިންގެ ކުރިއެރުމާއި ތަރައްޤީ"ޚަބަރު | ގަޑިއިރެއް ކުރިންރައީސްގެ ރިޔާސީ ބަޔާނަށް ތިން ގަޑިއިރު؛ އެ ހެއްދެވީ ގައުމީ ރެކޯޑެއް!ޚަބަރު | ގަޑިއިރެއް ކުރިންއިޤްތިޞާދު ފުޅާކުރުމަށް ވަރުގަދަ ޓްރާންސްޕޯޓް ނެޓްވޯކެއް ޤާއިމްވެފައި އޮތުން މުހިންމު: ރައީސްޚަބަރު | ގަޑިއިރެއް ކުރިންމަސައްކަތްކުރަނީ ވާރުތަކޮށްފައިވާ ދަރަނީގެ ދަންތުރައިން ޤައުމު މިންޖުކުރުމަށް: ރައީސް ޚަބަރު | 2 ގަޑިއިރު ކުރިން