logo
Bank of Maldives

Bank of Maldives

ޚަބަރު

"މަޖިލީހުން އިސްކުރާނީ ދިވެހިންގެ ކުރިއެރުމާއި ތަރައްޤީ"

އިސްމާޢިލް ރާތިޢު
5 ފެބްރުއަރީ 2026 - 10:00
"މަޖިލީހުން އިސްކުރާނީ ދިވެހިންގެ ކުރިއެރުމާއި ތަރައްޤީ"

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުން އަބަދުވެސް އިސްކުރާނީ ދިވެހިންގެ ކުރިއެރުމާއި ތަރައްޤީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވެވުމަށް ފަހު ޖަލްސާ ނިންމަވާލެއްވުމުގެ ގޮތުން ދެއްކެވި ވާހަކައިގައެވެ.

ޤައުމުގެ ހާލަތު ބަޔާންކޮށްދެއްވާ، ޤައުމާމެދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރު ހާމަކުރެއްވުމަށް ދެއްވި ރިޔާސީ ބަޔާނުގައިވަނީ ހުރިހާ ދާއިރާއަކުންވެސް ކުރިއަށް ރާއްވަވާފައިވާ އަދި ކުރައްވަމުން އަންނަ ކަންކަމުގެ މައްޗަށްވަނީ އަލިއަޅުއްވާލައްވާފައެވެ.

މިޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި ހިމެނޭ ކަންކަން ތަންފީޒުކުރުމަށް ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ޤާނޫނީ ގޮތުން ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ ޒިންމާތައް ފުރިހަމައަށް އަދާކުރައްވާނެ ކަމުގެ ޔަޤީންކަން މަޖިލީހުގެ ރައީސް ދެއްވެވިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހާއި މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި 20 ވަނަ ރައްޔިތުންގެ މަޖިލީހުން އަބަދުވެސް އިސްކުރާނީ ދިވެހިންގެ ކުރިއެރުމަށްކަމަށް ވިދާޅުވެފައެވެ.


ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ، މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ރައްޔިތުންގެ މަޖިލީހުން ބިނާކުރަނިވި މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ޔަޤީންކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރު ފުރަތަމަ ދައުރުގެ މަސައްކަތް ފަށާފައިވާއިރު ދެން މަޖިލީހުގެ ޖަލްސާއެއް އޮންނަނީ އަންނަ ހޯމަ ދުވަހު ކަމަށް ރައީސް އަބްދުއްރަހީމް ވަނީ ޖަލްސާ ނިންމަވާލައްވަމުން އިއުލާންކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"މަޖިލީހުން އިސްކުރާނީ ދިވެހިންގެ ކުރިއެރުމާއި ތަރައްޤީ"ޚަބަރު | ގަޑިއިރެއް ކުރިންރައީސްގެ ރިޔާސީ ބަޔާނަށް ތިން ގަޑިއިރު؛ އެ ހެއްދެވީ ގައުމީ ރެކޯޑެއް!ޚަބަރު | ގަޑިއިރެއް ކުރިންކަށިގަނޑުފުމެ އަޑުގަދަކުރުމުން "ރަތްކާޑު" ދައްކާ ތަޅުމުން ބޭރުޚަބަރު | 4 ގަޑިއިރު ކުރިންރައީސް ޑރ. މުޢިއްޒުގެ ތިންވަނަ ރިޔާސީ ބަޔާން އިއްވެވުން މާދަމާޚަބަރު | ދުވަހެއް ކުރިން