logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް ޑރ. މުޢިއްޒުގެ ތިންވަނަ ރިޔާސީ ބަޔާން އިއްވެވުން މާދަމާ

މުޙައްމަދު އަފްރާޙް
4 ފެބްރުއަރީ 2026 - 06:34
ރިޔާސީ ބަޔާން އިއްވެވި ޖަލްސާގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
ރިޔާސީ ބަޔާން އިއްވެވި ޖަލްސާގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ މާދަމާ އޮންނާނެއެވެ.

މި ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 9:00ގައި ރައްޔިތުންގެ މަޖިލިސްކުރާ ގޭގައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވާނެއެވެ. މިއީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ދެއްވާ ތިންވަނަ ރިޔާސީ ބަޔާނެވެ.

ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭނެކަމަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެއެވެ.

މަޖިލީހުގެ ޤަވާއިދުގައި އޮންނަ ގޮތުން ކޮންމެ އަހަރަކުވެސް ރިޔާސީ ބަޔާން އިއްވުމުން ރައީސް ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނަ މެންބަރުން ތިއްބަވާ ސިޔާސީ ޕާޓީއެއްގެ މެޖޯރިޓީ ލީޑަރު ނުވަތަ މައިނޯރިޓީ ލީޑަރު، އެ ރިޔާސީ ބަޔާނަށް ދޭނެ ޖަވާބު ތައްޔާރުކޮށް އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސީ ބަޔާނަށް ދޭ ޖަވާބުގެ ގޮތުގައި އިއްވަންވާނެއެވެ. އަދި މި ޖަވާބު އެކުލަވާލުމުގައި މެންބަރުންގެ ޚިޔާލާއި ފިކުރު ހޯދަންވާނެކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. ގަވާއިދުގެ ދަށުން ރިޔާސީ ބަޔާން އިއްވާތާ 14 ދުވަހުގެ ތެރޭގައި ޖަވާބު ދޭންވާނެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާ މާދަމާ ބާއްވާތީ، މަޖިލިސް އިދާރާ ހިމެނޭ ސަރަހައްދުގެ ބައެއް މަގުތަކުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިހާރުވަނީ އަންގާފައެވެ. ފުލުހުން ބުނީ ރައްޔިތުންގެ މަޖިލިސް، 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއާ ގުޅިގެން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ބައެއް މަގުތައް ހުސްކުރަން ޖެހޭ ކަމަށެވެ. އެގޮތުން 2026 ފެބްރުއަރީ 4 ވާ ބުދަ ދުވަހުގެ އިރުއޮއްސި 6:00 ގެ ކުރިން އެ ސަރަހައްދުތަކުން އުޅަނދުތައް ނަގައި ހުސްކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އުޅަނދުތައް ނަގަން އަންގާފައިވާ ސަރަހައްދުތަކުގެ ތެރޭގައި މެދުޒިޔާރަތް މަގު (ސޯސަންމަގުން ފެށިގެން މުލީއާގެއާ ހަމައަށް)، ހަކުރާ ގޯޅި، ސިއްކަ ގޯޅި، ޝަހީދު އަބްދުﷲ ޒުހައިރު ގޯޅި، އަމީރުއަހްމަދު މަގު (ވެލާނާގެ ސަރަހައްދު) ހިމެނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަތީޖާއިން ފެނުނީ ރައީސަށް އޮތް އިތުބާރު، 2028 ކާމިޔާބު ކުރުމަށް ހުރަހެއްނެތް: ޝުޖާޢުޚަބަރު | 13 ގަޑިއިރު ކުރިންމެމްބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލާގައި އަންނަ ހަފުތާ ހުކުމް އިއްވަނީޚަބަރު | ދުވަހެއް ކުރިންއެދެނީ ރައްްޔިތުންނަށް އުފާ ފާގަތިކަން - ދެއްވި ފުރުސަތަށް ރައީސް އަށް ޝުކުރު!ޚަބަރު | 2 ދުވަސް ކުރިންވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫޢު ނިންމާލައިފިޚަބަރު | 2 ދުވަސް ކުރިން