logo
MPL

MPL

ޚަބަރު

ކަށިގަނޑުފުމެ އަޑުގަދަކުރުމުން "ރަތްކާޑު" ދައްކާ ތަޅުމުން ބޭރު

އިސްމާޢިލް ރާތިޢު
5 ފެބްރުއަރީ 2026 - 06:57
ކަށިގަނޑުފުމެ އަޑުގަދަކުރުމުން "ރަތްކާޑު" ދައްކާ ތަޅުމުން ބޭރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލީހަށް އިއްވަވަމުން ގެންދެވި ވަގުތު، އެކަމަށް ހުރަސްއަޅާ ކަށިގަނޑުފުމެ އަޑުގަދަކުރަން ފެށުމުން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދަށް "ރަތްކާޑު" ދައްކާ، ތަޅުމުން ބޭރުކޮށްފިއެވެ.

ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭނެކަމަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެއެވެ.

މަޖިލީހުގެ ޤަވާއިދުގައި އޮންނަ ގޮތުން ކޮންމެ އަހަރަކުވެސް ރިޔާސީ ބަޔާން އިއްވުމުން ރައީސް ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނަ މެންބަރުން ތިއްބަވާ ސިޔާސީ ޕާޓީއެއްގެ މެޖޯރިޓީ ލީޑަރު ނުވަތަ މައިނޯރިޓީ ލީޑަރު، އެ ރިޔާސީ ބަޔާނަށް ދޭނެ ޖަވާބު ތައްޔާރުކޮށް އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސީ ބަޔާނަށް ދޭ ޖަވާބުގެ ގޮތުގައި އިއްވަންވާނެއެވެ. އަދި މި ޖަވާބު އެކުލަވާލުމުގައި މެންބަރުންގެ ޚިޔާލާއި ފިކުރު ހޯދަންވާނެކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. ގަވާއިދުގެ ދަށުން ރިޔާސީ ބަޔާން އިއްވާތާ 14 ދުވަހުގެ ތެރޭގައި ޖަވާބު ދޭންވާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން، މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް ރައްޔިތުންނަށް މުހިންމު އެތައް ދާއިރާއަކަށް އަލިއަޅުއްވާލައްވާފައި ވެއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ކެނޑިނޭޅި ދިޔައީ މިވާހަކަތައް ހިއްސާކުރެއްވިޔަ ނުދިނުމަށްޓަކައި މަޖިލީހުގެ ތަޅުމުގައި އަޑުގަދަކުރަމުންނެވެ. އެގޮތުން އެ މެންބަރުން ގެންދިޔައީ ކަށިގަނޑު ފުމެ، ހަޅޭއްލަވާ، މަޖިލީހުގެ ހުރުމަތްކަނޑަމުންެނެވެ.

ރިޔާސަތުން ތަކުރާރުކޮށް، އެކަން ހުއްޓާލުމަށް ނަސޭހަތްތެރިވުމުންވެސް ކިޔަމަން ނުވުމުން އެންމެފަހުން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ނަން އިއްވާ، މަޖިލީހުގެ ތަޅުމުން ބޭރުކޮށްފައެވެ.

ދެ ގަޑިއިރަށްވުރެ ދިގު މި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުޢިއްޒު ވަނީ، ފާއިތުވި އަހަރު ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކާއި، ކުރިއަށް އޮތްތަނުގައި ކުރަން ނިންމާފައިހުރި ބައެއް މުހިންމު މަސައްކަތްތައް ހިއްސާކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ސަލީމުޚަބަރު | 17 ގަޑިއިރު ކުރިންމިނިސްޓަރު ސައީދަށް އިތުބާރު އޮތް ކަމަށް ފާސްކޮށްފިޚަބަރު | ދުވަހެއް ކުރިންއިދިކޮޅުގެ ފާޑުކިޔުންތަކަށް ސަޢީދުގެ ރައްދު: "ބަންކަރިން ހިދުމަތުން 90 މިލިއަން ޑޮލަރު ލިބިއްޖެ"ޚަބަރު | ދުވަހެއް ކުރިންދިރާސާއެއް ނެތި އެމްޑީޕީން ކިޔެވުން އަހަރުގެ މެދަށް ބަދަލުކުރުމުން މައިންބަފައިންނަށް ލިބުނީ ބޮޑު ތަކުލީފެއް: ލަތީފްޚަބަރު | 2 ދުވަސް ކުރިން