logo
Bank of Maldives

Bank of Maldives

ޚަބަރު

ތާރީޚީ ކުރިއެރުމެއް: ޤައުމީ މުބާރާތުގެ ޙާފިޡުންގެ ބައިގައި އެންމެ ގިނަ ޙާފިޡުން ބައިވެރިވީ މި އަހަރު

އައިޝަތު ނަޝާ
18 ސެޕްޓެމްބަރު 2025 - 06:25
ތާރީޚީ ކުރިއެރުމެއް: ޤައުމީ މުބާރާތުގެ ޙާފިޡުންގެ ބައިގައި އެންމެ ގިނަ ޙާފިޡުން ބައިވެރިވީ މި އަހަރު

މިރޭ ފެށުމަށް ހަމަޖެހިފައިވާ ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރަތުގެ ޙާފިޡުންގެ ގޮފީގެ ބައިވެރިންގެ އަދަދަށް ފާހަގަކޮށްލެވޭ ވަރުގެ ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ.

އެގޮތުން މި އަހަރުގެ މުބާރާތުގެ ޙާފިޡުންގެ ގޮފީގައި 31 ޙާފިޡުން ވާދަކުރާއިރު މިއީ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރަތާއި ބަލާއިރު ބޮޑު ކުރިއެރުމެކެވެ. ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގައި ޙާފިޡުންގެ ބައިގައި ވާދަކޮށްފައިވަނީ 15 ޙާފިޡުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަހުގެ 18 އިން 26 ގެ ނިޔަލަށް ކުރިއަށް ގެންދާ ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި 119 މުއައްސަސާއަކުން 1037 ފަރާތަކުން ވާދަކުރާނެއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި 582 ފަރާތަކުންނާއި ނުބަލައި ކިޔެވުމުގެ ގޮފީގައި 424 ފަރާތަކުންނާއި ޙާފިޡުންގެ ގޮފީގައި 31 ޙާފިޡުންނެވެ.

މުބާރާތުގެ ކިޔެވުން، ސަލާމްން ރަސްގެފާނު މިސްކިތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން މިސްކިތުގެ 4 ވަނަ ފަންގިފިލާ އޮޑިޓޯރިމްގައެވެ. އަދި ނުބަލާ ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން މިސްކިތުގެ 5 ވަނަ ފަންގިފިލާގެ މަލްޓިޕާޕަސް ހޯލުގައެވެ.

މުބާރާތުގެ ޙާފިޡުންގެ ގޮފީގައި ވާދަކުރާ ޙާފިޡުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާއިރު، ޙާފިޡުން އުފެއްދުމާއި ޙާފިޡުންގެ އަގުވަޒަން ކުރުމަކީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން މިހާރު ޙާފިޡުންނަށް ދެމުންދާ އެލަވަންސް 4000 ރުފިޔާއަށް ބޮޑުކޮށްފައިވާއިރު ޙާފިޡުން ދަސްވެނިވުމަށް ޚާއްސަކޮށް މިއަހަރުން ފެށިގެން ރަމަޟާން މަހުގެ 27 ވިލޭރޭ ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވަން ފަށަފައިވާކަން ފާހަގަކޮށްލެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތާރީޚީ ކުރިއެރުމެއް: ޤައުމީ މުބާރާތުގެ ޙާފިޡުންގެ ބައިގައި އެންމެ ގިނަ ޙާފިޡުން ބައިވެރިވީ މި އަހަރުޚަބަރު | 3 ގަޑިއިރު ކުރިންރަށްރަށުގެ މިސްކިތްތަކަށް މުސްޙަފް ހަދިޔާކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 2 ދުވަސް ކުރިންރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިރޭ ކޭތަ ނަމާދު ކުރާނެޚަބަރު | 11 ދުވަސް ކުރިންރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާދަމާރޭ ކޭތަ ނަމާދު ކުރާނެޚަބަރު | 12 ދުވަސް ކުރިން