ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގުޅޭ ޗެނަލްގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާ
19 ސެޕްޓެމްބަރު 2025 - 05:09

ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގުޅޭ ޗެނަލްގައި އިންޖީނުލީ އުޅަނދު ދުއްވުންމިއަދުން ފެށިގެން މަނާކޮށްފިއެވެ.
ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގުޅޭ ޗެނަލް ސަރަހައްދަކީ، ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭހެން ގިނަ އަދަދެއްގެ ރައްޔިތުން މޫދަށް އެރުމަށާއި މުނިފޫހިފިލުވުމަށް ބޭނުންކުރާ ސަރަހައްދެކެވެ. މީގެ އިތުރުން އެ ސަރަހައްދަކީ އެޗްޑީސީން ތިމާވެށި ހިމާޔަތްކުރުމަށް ކުރިއަށްގެންދާ މަސައްކަތުގައި މުރަކަ އިންދާ އާލާކުރުމަށްވެސް ކަނޑައަޅާފައިވާ ސަރަހައްދެކެވެ.

Ad by Hajj Corporation
2023ވަނަ އަހަރުވެސް އެޗްޑީސީން މިފަދަ އެންގުމެއް ވަނީ އަންގާފައެވެ. އޭރު އަންގަވާފައިވަނީ އެ ޗެނަލްގައި ޖެޓްސްކީ ފިޔަވާ އިންޖީނުލީ އެއްވެސް އުޅަނދެއް ދުއްވުމަކީ މަނާކަމެއްކަމަށެވެ.
ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގުޅައިދޭ ޗެނަލަކީ އޮއިދެމޭ ގޮތަށް ހަދާފައިވާ ތަނެކެވެ. މި ސަރަޙައްދަކީ މޫދަށްއެރުމާއި މަސްބޭނުމާއި އެކިކަހަލަ އެކްސްކަރޝަން ހަރަކާތްތަކަށް ބޭނުންކުރަމުންދާ ސަރަޙައްދެކެވެ.