logo
Bank of Maldives

Bank of Maldives

ޚަބަރު

ދާރުއް ސަލާމް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

އާމިނަތު ޝަފާ
19 ސެޕްޓެމްބަރު 2025 - 10:11
ދާރުއް ސަލާމް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހުޅުމާލޭގައި ތަރައްޤީކުރާ ރާއްޖޭގެ އެންމެ ބޮޑު ވަޤުފް ޢިމާރާތް، "ދާރުއްސަލާމް" އަޅައިދޭނެ ބަޔަކުހޯދަން އިއުލާންކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިއުލާންކުރީ ބިލްޑު އެންޑް މެއިންޓަނަންސް ހިމެނޭގޮތަށެވެ.

މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ވުޒާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން މިމަހުގެ 22 ވާ ހޯމަދުވަހުގެ ދުވަހުގެ 11:00 ގެ ކުރިން ރަޖިސްޓްރީކުރެއްވުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.

އިތުރު ދެ ވަގުފު އިމާރާތް ހެދުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް 2024 ވަނަ އަހަރުގެ ޖުލައިމަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮންމެ ކަމެއް ކުރުމުގައި މާލީ އެހީތެރިކަން ބޭނުންވާތީ އެކަމަށްވެސް ހާއްސަ ވިސްނުންތަކެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކަމަށް ރައީސް އެ ޖަލްސާގައި ވަނީ ވިދާޅުވެފައެވެ.

”މި ވަގުތު މާލޭގައި ހުރީ ’ދާރުލް އީމާން’ގެ ނަމުގައި ހުރި އެންމެ ވަގުފު އިމާރާތެއް. މި އިމާރާތަށް އަހަރަކު ލިބެނީ 6 މިލިޔަން ރުފިޔާ. މި ސަރުކާރުގެ ވިސްނުމަކީ ދީނީ ކަންކަން ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ހޭދައަށް މާލީ ފުދުންތެރިކަން އިތުރުވާނެ އިތުރު ގޮތްތައް ހޯދުން. އެހެންކަމުން ’ދާރުއްސަލާމް’ގެ ނަމުގައި އާ ވަފުގު އިމާރާތެއް އެޅުމަށްޓަކައި މަސައްކަތް ކުރެވެމުން އެބަދޭ. ހަމަ އެހެންމެ ’ދާރުލްއަރްގަމް’ގެ ނަމުގައި އެހެން ވަގުފު އިމާރާތެއް އެޅުމަށް ބިމެއް ހަމަޖެހި އެ ބިން ރަޖިސްޓަރީކުރުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިހާރު ކުރިޔަށް ގެންދަވާނެ.“ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ދާރުލް އަރުޤަމް ވަޤުފް އިމާރަތާއި ދާރުލް ސަލާމް ވަޤުފް އިމާރާތަކީ މި ސަރުކާރުން އިސްލާމީ ދާއިރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު ދެ މަޝްރޫޢުއެވެ. މި ދެ މަޝްރޫޢު ނިމުމާއެކު ދީނީ ކަންތައްތަކަށް ހޭދަކުރުމަށް ބޮޑު އާމްދަނީއެއް ލިބިގެންދާނެކަން ފާހަގަކޮށްލެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހައްޖުވެރިން ސިއްހީގޮތުން ސަމާލުކަންދޭވީ ކަންކަން ސައުދީން އަންގައިފިޚަބަރު | 6 ގަޑިއިރު ކުރިންދާރުއްސަލާމް ވަޤްފު އިމާރާތް އަޅައިދޭނެ ބަޔަކު ހޯދަނީޚަބަރު | 13 ގަޑިއިރު ކުރިންފުވައްމުލަކުގައި އިމާމުންނާއި ޒުވާން ޚަތީބުން ތާޒާކުރުމުގެ ޕްރޮގްރާމެއް ފަށައިފިޚަބަރު | 5 ދުވަސް ކުރިންފޯކައިދޫގައި އަލަށް އިމާރާތް ކުރާ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފި ޚަބަރު | 7 ދުވަސް ކުރިން